ސައުދީ އަރަބިއާއިން މުނިފޫހިފިލުވުމުގެ ދާއިރާއަށް 64 ބިލިއަން ޑޮލަރު އިންވެސްޓު ކުރަނީ

ސައުދީ އަރަބިއާގައި މިދިޔަ އަހަރު ވަނީ ސިނެމާތައް ހުޅުވުމަށް ހުއްދަ ދީފައި -- ފޮޓޯ: ރޮއިޓާސް

ރިޔާޒު (ފެބްރުއަރީ 23): ސައުދީ އަރަބިއާގެ މުނިފޫހިފިލުވުމުގެ ދާއިރާ ފުޅާ ކުރުމަށްޓަކައި 64 ބިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމާފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ސައުދީ އަރަބިއާގެ ޖެނެރަލް އެންޓަޓެއިންމެންޓް އޮތޯރިޓީން ބުނި ގޮތުގައި މިއަހަރު އެކަނި ވެސް އެގައުމުން ވަނީ މުނިފޫހިފިލުވުމާ ގުޅުން ހުރި 5،000 އިވެންޓު ރާވައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ބޭންޑު މެރޫން 5ގެ ޝޯއެއް ވެސް ހިމެނޭ ކަމަށް އެއޮތޯރިޓީން ބުންޏެވެ.

އަދި އެގައުމުގެ ވެރިރަށް ރިޔާޒުގައި އޮޕެރާ ހައުސްއެއް އަޅަން ނިންމާފައިވާ އިރު، މިދިޔަ އަހަރު އެގައުމުން ވަނީ މުނިފޫހިފިލުވުމަށް ހާއްސަ ސިޓީއެއް ބިނާކުރާނެކަން ވެސް އިއުލާންކޮށްފަ އެވެ.

އެއީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގެންގުޅުއްވާ ވިޝަން 2030ގެ ދަށުން ކުރާ މަސައްކަތްތަކެކެވެ. އެތަސައްވަރުގެ ދަށުން ސައުދީ އަރަބިއާއިން ދަނީ އެގައުމު ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށްޓަކައި ގައުމުގެ އާމްދަނީ އިތުރު ކުރާނެ އާ ގޮތްތައް ތައާރަފް ކުރަމުންނެވެ. (ބީބީސީ)

comment ކޮމެންޓް