ޖޫރެސިކް ވޯލްޑް 3: 2021 އަށް ތާވަލުކޮށް އިއުލާނުކޮށްފި

ޔުނިވާސަލްގެ ޖޫރެސިކް ވޯލްޑް 3 2021 އަށް ތާވަލުކޮށް އެކަން އިއުލާނުކޮށްފި އެވެ.

ޖޫރެސިކްގެ ފިލްމެއް އެންމެ ފުރަތަމަ ނެރެފައި ވަނީ 1993 ގަ އެވެ. ޖޫރެސިކް ޕާކްގެ ނަމުގައި ނެރުނު އެ ފިލްމަށް ފަހު 1997 ވަނަ އަހަރު "ދަ ލޮސްޓް ވޯލްޑް:ޖޫރެސިކް ޕާކް" ވަނީ ނެރެފަ އެވެ.

އެއަށް ފަހު 2001 ވަނަ އަހަރު ޖޫރެސިކް ޕާކް III އަދި 2015 ވަނަ އަހަރު ވަނީ ޖޫރެސިކް ވޯލްޑުގެ ނަމުގައި ވަނީ ފިލްމެއް ނެރެފަ އެވެ.

މި އަހަރުގެ ޖޫން މަހު "ޖޫރެސިކް ވޯލްޑް:ފޯލެން ކިންގްޑޮމް" ރިލީޒްކުރާނެ އެވެ. އެ ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ ޖޫން 22 ގަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ނެރުނު ޖޫރެސިކް ފިލްމަށް ވަނީ 1.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

ޖޫރެސިކް ވޯލްޑް 3 ލިޔާނީ އެމިލީ ކާމައިކަލް އާއި ކޮލިން ޓްރިވޯރޯ އެވެ.

comment ކޮމެންޓް