އެޗުއާރުސީއެމުން ދޫނިދޫ ޖަލުގައި ތިބި މީހުންގެ ހާލު ބަލައިފި

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސް (ކ) އަދި ކޮމިޝަން މެމްބަރު އާއިޝަތު އަފްރީން -- ފޮޓޯ/ ރައީސް އޮފީސް

ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ތިބި މީހުންގެ ހާލަތާއި ބަނދުގައި ތިބި ތަނުގެ ހާލަތު ބެލުމަށް އިއްޔެ ޖަލަށް ޒިޔާރަތް ކޮށްފި އެވެ.

އެޗުއާރުސީމުން ބުނީ އިއްޔެގެ ވަގުތެއްގައި އެ ކޮމިޝަނުން ދޫނިދޫއަށް ޒިޔާރަތްކޮށްފައިވާނެ ކަމަށެވެ. އެ ޒިޔާރަތުގައި ދޫނިދޫ ޖަލުގައި ބަންދުގައި ތިބި މީހުން ހާލަތާއި، ބަންދުކޮށްފައި ތިބޭ ތަނުގެ ހާލަތު ވަޒަން ކޮށްފައިވާނެ ކަަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން މިމަހުގެ 14 ވަނަ ދުވަހު ވެސް މާފުށީ ޖަލަށާއި ދޫނިދޫ ޖަލަށް ޒިޔާރަތްކޮށްފައިވާނެ ކަމަށް އެސްއާރުސީއެމުން ބުންޏެވެ.

އަދި ޒިޔާރަތުގައި ފާހަގަ ކުރެވުނު ކަންކަމާއި މައްސަލަތައް ހައްލުކުރުމާ ބެހޭ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއާ މަޝްވަރާ ކޮށްފައިވާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

ދޫނިދޫ ޖަލުގައި މިހާރު ބަންދުގައި ތިބި މީހުންގެ ތެރެއިން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ އެޗްއާރުސީއެމް އަށް މައްސަލަތަކެއް ހުށަހަޅުއްވާފަ އެވެ.

އެޗުއާރުސީއެމުން ބުނެފައި ވަނީ ދޫނިދޫ ޖަލުގައި ތިބި މީހުންގެ ތެރެއިން އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ވެސް ޒިޔާރަތުގައި ސާފު ކުރި ކަމަށެވެ.

comment ކޮމެންޓް