"އެއިތުރާޒް 2"ގައި ޕްރިޔަންކާ ފެންނަނީ؟

ޕްރިޔަންކާ ޗޯޕްޅާ--

މަޝްހޫރު ފިލްމީ ބަތަލާ ޕްރިޔަންކާ ޗޯޕްރާ "އެއިތުރާޒް 2" އިން ފެންނަން އުޅޭ ކަމަށް ބޭރުގެ ހަބަރުތައް ބުނެފި އެވެ.

އެއިތުރާޒް 2 އަކީ 2004 ވަނަ އަހަރު ނުކުތް ފިލްމު އެއިތުރާޒްގެ ސީކުއަލް އެކެވެ. އެއިތުރާޒްގައި ވެސް ޕްރިޔަންކާ ހަރަކާތްތެރިވެ، އޭގެ ސީކުއެލްގައި ވެސް ކުޅުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އައްބާސް-މަސްތާން ޑައިރެކްޓް ކުރި އެ ފިލްމުގެ ސީކުއެލްއެއް 14 އަހަރު ފަހުން ހެދުމަށް ވަނީ ނިންމައިފަ އެވެ. ހަބަރުތައް ބުނާ ގޮތުގައި ފިލްމުގެ މަޝްވަރާތައް ޕްރިޔަންކާ އާ މިހާރު ވެސް ހިއްސާކުރެ އެވެ.

"އެއިތުރާޒް"ގައި ޕްރިޔަންކާ ކުޅެފައި ވަނީ ވަރަށް ނުފޫޒު ގަދަ 'ވިލަން' އެއްގެ ބަ އެވެ.

ފިލްމުގެ ސްކްރިޕްޓް މިދިޔަ މަހު ތެރޭ ނިންމާލައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ފިލްމުގެ ޑައިރެކްޓަރެއް ހޯދުމުގެ މަސައްކަތް ކަމަށް ސްކްރިޕްޓް ލިޔުނު ސުބާޝް ބުންޏެވެ.

އެއިތްރާޒް 2ގެ ޝޫޓިން އަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އަވަސް މުސްތަގްބަލެއްގައި ފިލްމުގެ ތަރިން އިއުލާން ކުރާނެ ކަމަށް ވެސް ރިޕޯޓް ތައް ބުނެ އެވެ.

މައުލޫމާތު: ޕިންކް ވިލާ

comment ކޮމެންޓް