Last Updated: 6 year 2 month ago

ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވައިފި

  • މަސްވެރިކަމަށް ބޮޑެތި ހޭދަތަކެއް ކުރާނެކަމަށް ވިދާޅުވި
  • ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަރު ނިމޭނޭކަމަށް ވިދާޅުވި
  • ޖަލްސާގައި ބައިވެރިވެވަޑައިގަތީ މަޖިލީހުގެ 36 މެންބަރުން
ބުލޮގު ޚުލާސާ

ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ޚާއްސަ ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ.

21:58

އަބްދުﷲ މަސީހު މުހައްމަދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައީސް ޔާމީންގެ ރިޔާސީ ބަޔާނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދަންޖެހޭ އެންމެހައި ކަންކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން
21:25 ފާތިމަތު ސައީދު

ރައީސް ޔާމީން ރިޔާސީ ބަޔާން ނިންމަވައި ލައްވައިފި

ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ބޭރުގެ ބޮޑެތި އިންވެސްޓްމެންޓްތައް ރާއްޖެ ގެނެސް ރައްޔިތުންނަށް ތަނަވަސްކަން ހޯދައި ދިނުމަކީ ސަރުކާރުގެ އަމާޒު
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ސަރުކާރުގެ ބަޖެޓުން ހަަރަދުކޮށް ފަސްފަޅެއް ހިއްކައި މިއަހަރު ޓުއަރިޒަމަށް ދޫކުރުމަށް ވަނީ ހަމަޖެހިފައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެފަޅުތަކުގެ މަސައްކަތް ނިމޭނެ
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

2018 ވަނަ އަހަރުގެ ތެރޭގައި އިތުރު 86 ރަށެއްގައި ބޯފެން ރައްކާތެރި ކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ހއ. ހޯރަފުށީ ކައިރީ މިއަހަރުގެ ތެރޭގައި އެއާޕޯޓެއް ގާއިމް ކުރެވޭނެ
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ހދ. ކުޅުދުއްފުށި، ނ. މާފަރު، ށ. ފުނަދޫ، ގދ. މާވާރުލުގައި މިއަހަރުގެ ތެރޭގައި އެއާޕޯޓު ގާއިމް ކުރެވޭނެ
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

އިތުރު 40 ރަށެއްގައި މިއަހަރު ނަރުދަމާ ނިޒާމު ގާއިމް ކުރެވިގެންދާނެ
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ފީފާ ސްޓޭންޑްޑްގެ ފުޓްބޯޅަ ސްޓޭޑިއަމެއް މިއަހަރު ހުޅުމާލޭގައި ގާއިމް ކުރެވިގެން ދާނެ
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

76،0000 ވުރެ ގިނަ ވަޒީފާ މި ސަރުކާރުން ވަނީ ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި އުފައްދާފައި
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

އައްޑު އަތޮޅުގައި ގާއިމް ކުރެވޭ ޓާޝިއަރީ ހޮސްޕިޓަލުގެ ހިދުމަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ފެށޭނެ
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް މި އަހަރުގެ ތެރޭގައި ފެށި، އިތުރު ހިދުމަތްތައް އިތުރުކުރެވި އައިޖީއެމްއެޗް އެދުގެ ކެޕޭސިޓީ 500 އަށް އިތުރު ވެގެން ދާނެ
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

މަތީ ތައުލީމު ހާސިލް ކުރަމުންދާ ކުދިންގެ ނިސްބަތް މީގެ ހަތަރު އަހަރު ކުރިން 18 ޕަސެންޓްގައި ހުރި ނަމަވެސް މިހާރު ވަނީ 32 ޕަސެންޓަށް އިތުރުކުރެވިފައި
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

މިއަހަރުގެ ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސުކޫލެއް ވައިފައި ކުރެވި، ކޮމްޕިއުޓަރައިޒް ކުރެވޭނެ ވާހަކަ ދަންނަވަން. މިއީ މި ހިދުމަތް ގައުމެއްގައި ދެވޭނެ ފުރަތަމަ ފަހަރު
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ހަ މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް މިދަނީ މަސައްކަތް ކުރަމުން
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ޔޫއޭއީ އަދި ސައުދީ ސަރުކާރުން ހަދިޔާކުރި 160 މިލިއަން ޑޮލަރުގެ ތެރެއިން މަސްވެރި ކަމަށް ބޮޑު ހޭދައެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައި
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިސް ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް މި އަހަރު ނިމޭނެ
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު ނިމޭއިރު އެއްލައްކައަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ސަރުކާރުން ބޭރުގެ މާލީ އިދާރާތަކާއެކު ރަނގަޅު ގުޅުމެއް ވަނީ ގާއިމް ކޮށްފައި
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގައި ކުށުގެ ހާދިސާތައް ވޭތުވެދިޔަ އަހަރުތަކުގައި ވަނީ 35 ޕަސެންޓް ދަށް ކުރެވިފައި
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ސައުދީ ރަސްގެފާނުގެ ހިލޭ އެހީގެ ދަށުން މާލޭގައި އިމާރާތްކުރާ ކިންގު ސަލްމާން މިސްކިތުގެ މަސައްކަތް މިހާރު ވަނީ ފަށާފައި
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވޭތުވެދިޔަ އަހަރު ވަނީ ހިންގިފައި
21:05 ފާތިމަތު ސައީދު

މިރޭގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވީ 36 މެމްބަރުން ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިއުލާނު ކުރައިފި.

ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ވޭތުވެ ދިޔަ އަހަރަކީ ރައްޔިތުންނަށް ދަތިވެފަހުރި ކަންތައްތައް ހައްލުކޮށްދިނުމަށް މި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއްކޮށް ކާމީޔާބީތަކެއް ހޯދި އަހަރެއް
21:04

ރިޔާސީ ބަޔާން އިއްވާ މަޖިލީހުގެ ޖަލްސާ ފަށައިފި.

21:00 ފާތިމަތު ސައީދު

ރައީސް އަބްދުﷲ ޔާމީން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރަންނަބަނޑޭރި މާލަމަށް ވަދެވަޑައިގެންފި.

20:59

މަޖިލީހުގެ މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެ.

20:55

އަދި ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންވެސް މަޖިލީހުގެ ޖަލްސާއަށް ދަރުބާރުގެއަށް ވަނީ ވަޑައިގެންފައި.

20:55 ފާތިމަތު ސައީދު

މިރޭގެ ޖަލްސާއަށް ދައުލަތުގެ ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން މިވަގުތު ވަނީ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމަށް ވަޑައިގެންފައި.

20:43

ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، މިރޭ 9:00ގައި ފެށުމަށް ވަނީ ހަމަޖެހިފައި.