ޝިފާޒުގެ މައްޗަށް ކުރަނީ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު

އެމްޑީޕީ ގެ ގައުމީ މަޖިލީހުގެ 156 ވަނަ ބައްދަލުވުމުގައި ޝިފާޒު ވާހަކަ ދައްކަވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ މައްޗަށް ވެސް ކުރަނީ ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ކަމަށް ޝިފާޒުގެ ގާނޫނީ ވަކީލު ބްދުﷲ ޝާއިރު ވިދާޅުވެއްޖެއެވެ.

ސަން އާ ވާހަކަ ދައްކަވަމުން ޝާއިރު ވިދާޅުވީ ޝިފާޒުގެ ބަޔާން ނަގާފައިވާ ކަމަށާއި ހައްޔަރުގައި ބަހައްޓާނީތޯ ނޫނީ ދޫކޮށްލާނީތޯ ފުލުހުން ނިންމާފައި ނުވާ ކަމަށެވެ. ތަހުގީގުގެ ސުވާލުތަކަށް ޝިފާޒު ފުރިހަމައަށް ޖަވާބުދެއްވިކަމަށް ޝާއިރު ވިދާޅުވިއެވެ.

ޝިފާޒު ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ހަރުގޭގައި ހުންނަވަނިކޮށެވެ. ޝިފާޒު ފުލުހުންގެ ހައްޔަރުގައި ހުންނެވީ ދޫނިދޫގައެވެ.

ވެރިކަން ވައްޓަލަން އުޅުނުކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ވިލާ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ސިޔާދު ގާސިމް ވެސް ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް