މޯލްޑިވިއަންގެ މުވައްޒަފުން ދިވެހި ހެދުމުގައި މާދަރީ ބަހުގެ ދުވަސް ފާހަގަ ކޮށްފި

މޯލްޑިވިއަންގެ މުވައްޒަފުން ދިވެހި ހެދުމުގައި މާދަރީބަހުގެ ދުވަސް ފާހަގަކުރުން -- ފޮޓޯ/ މޯލްޑިވިއަން

ދިވެހިންގެ އެއާލައިން މޯލްޑިވިއަންގެ ހުރިހާ މުވައްޒަފުން ދިވެހި ހެދުމުގައި ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މިއަދު ސަން އަށް ވިދާޅުވީ، މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަނުން ހަރަކާތްތަކެއް ރާވައި ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު ހުރިހާ މުވައްޒަފުން ވަޒީފާއަށް ނުކުމެފައި ވަނީ ދިވެހި ހެދުމުގައި ކަމަށް ހާރިސް ވިދާޅުވި އެވެ.

މޯލްޑިވިއަން އެއާލައިންގެ މުވައްޒަފުން ދިވެހި ހެދުމުގައި މާދަރީބަހުގެ ދުވަސް ފާހަގަކުރުން -- ފޮޓޯ/ މޯލްޑިވިއަން

މިއަދުގެ މުނާސަބާގައި މޯލްޑިވިއަންގެ މުވައްޒަފުން ދިވެހި ބަހަށް އަހުލުވެރި ކުރުވުމުގެ އިތުރުން މިއަދު މޯލްޑިވިއަންގެ ކެންޓީނުގައި ވެސް ހުންނާނީ ދިވެހި ކެއުން ކަމަށް ވެސް ހާރިސް ވިދާޅުވި އެވެ.

ހާރިސް ވިދާޅުވީ، މިއަދު ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން މޯލްޑިވިއަންގެ ސީޕްލޭންގައި ރިސޯޓްތަކަށްދާ ޓޫރިސްޓުން ސީ ޕްލޭންއަށް އެރުމާ ހަމައަށް ބޮޑުބެރުގެ ހަރަކާތްތަކުން އެ މީހުންނަށް މަރުހަބާ ކިޔާ ކަމަށެވެ. ހާރިސް ވިދާޅުވީ އެ ހަރަކާތުގެ ސަބަބުން ޓޫރިސްޓުންނަށް ދިވެހި ވަންތަކަން ފެނި އެކަމާ ހިތްހަމަޖެހުން ފާޅުކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަން އެއާލައިންގެ މުވައްޒަފުން ދިވެހި ހެދުމުގައި މާދަރީބަހުގެ ދުވަސް ފާހަގަކުރުން -- ފޮޓޯ/ މޯލްޑިވިއަން

މޯލްޑީވިއަންގެ މުވައްޒަފުން މާދަރީބަހުގެ ދުވަސް ފާހަގަ ކުރުމުގެ ސަބަބުން މުވައްޒަފުންގެ ތެރޭގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ފެނިގެން ދިޔަކަމަށް ހާރިސް ވިދާޅުވި އެވެ. ބައިނަލް އަގުވާމީ މާދަރީބަހުގެ ގޮތުގައި ފާހަގަކުރަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

comment ކޮމެންޓް