މެލޭޝިއާގެ ބޮޑުވަޒީރަށް މަލާމާތްކުރި އާޓިސްޓަކު ޖަލަށްލައިފި

ގްރެފިކް ޑިޒައިނަރެއް ކަމަށްވާ ފަހުމީ ރިޒާގެ ކާޓޫނަށް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައި -- ފޮޓޯ: އޭއެފްޕީ

ކުއަލަލަމްޕޫރު (ފެބްރުއަރީ 21): މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް މަލާމާތްކޮށް ކާޓޫނެއް ކުރެހި އާޓިސްޓަކު ޖޫރިމަނާކޮށް ޖަލަށް ލައިފި އެވެ.

ގްރެފިކް ޑިޒައިނަރެއް ކަމަށްވާ ފަހުމީ ރިޒާ 7،700 ޑޮލަރުން ޖޫރިމަނާކޮށް އެއް މަހަށް ޖަލަށް ލާން ކޯޓުން ނިންމީ އޭނާގެ ކުރެހުމަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބި، ބޮޑުވަޒީރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އެކުރެހުން ބޭނުން ކުރި ފަހުންނެވެ.

އެމުޒާހަރާތަކަކީ ބޮޑުވަޒީރު ނަޖީބާއި އޭނާއާ ގާތް ފަރާތްތަކުން ދައުލަތުގެ އިންވެސްޓްމެންޓު ފަންޑު ވަންއެމްޑީބީ، މަނީ ލޯންޑަރިންއަށް ބޭނުން ކުރި ކަމަށް ބުނާ ތުހުމަތުތަކާ ގުޅިގެން ބޭއްވި މުޒާހަރާތަކެކެވެ.

އެމައްސަލައިގައި ބޮޑުވަޒީރު ނަޖީބާއި ވަންއެމްޑީބީން ވަނީ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކޮށްފައި އެވެ. އަދި ސަރުކާރުން ވަނީ ނަޖީބުގެ މައްޗަށް ތުހުމަތުތައް ކުރާ ވެބްސައިޓުތަކާއި ނޫސްތައް ބަންދުކޮށްފައި އެވެ.

މީގެ އިތުރުން، 2016 ވަނަ މެލޭޝިއާއިން ވަނީ ބޮޑުވަޒީރު ނަޖީބާއި އަނބިކަނބަލުންގެ ކާޓޫނު ކުރެހި ޕޮލިޓިކަލް ކާޓޫނިސްޓެއްވެސް ހައްޔަރުކޮށްފި އެވެ. އަދި ބަޣާވާތް ކުރަން ހިތްވަރު ދިނުމުގެ ކުށުގައި އޭނާގެ މައްޗަށް 43 އަހަރުގެ ޖަލު ހުކުމެއް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް