ބްލެކް ޕެންތާ އަށް ހަތަރު ދުވަހުގެ ތެރޭގައި ބޮޑު ކާމިޔާބީއެއް

މާވެލްގެ ކޮމިކް ކެރެކްޓާ "ބްލެކް ޕެންތާ"އަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ބްލެކް ޕެންތާ" ހުކުރު ދުވަހު ރާއްޖޭގައި ވަނީ ރިލީޒްކޮށްފައި -- ފޮޓޯ: ނިއުސްޓޭސްމަން

މާވެލްގެ ކޮމިކް ކެރެކްޓާ "ބްލެކް ޕެންތާ"އަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ބްލެކް ޕެންތާ" އަށް ހަތަރު ދުވަސް ތެރޭ 235 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

އެއާ އެކު އެ ފިލްމު ވަނީ ބޮކްސް އޮފީހުގައި މިހާތަނަށް ހަތަރު ދުވަސްތެރޭ އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވާ ފިލްމަށެވެ. އަދި އެ ފިލްމަކީ ފެބްރުއަރީ މަހު ރިލީޒްކުރި އެންމެ ވިޔަފާރި ރަނގަޅު ފިލްމު ވެސް މެ އެވެ.

އެމެރިކާގެ ކަޅު ނަސްލުގެ ތަރީން ހިމެނޭ ގޮތަށް އުފެއްދި ފިލްމުގެ ޑައިރެކްޓަރަކީ ރަޔާން ކުގްލާ އެވެ.

ފިލްމުގެ ލީޑުގައި ހަރާކާތްތެރިވެފައި ވަނީ ޗެޑްވިކް ބޯސްމެން، މައިކަލް ބީ ޖޯޑަން، ލުޕިތާ ޔޯންގޯ، މާޓިން ފްރީމެންގެ އިތުރުން ޑެނިއެލް ކަލުއްޔާ އެވެ. އަދި ފިލްމުގެ ލީޑުން ފެނިގެންދާ ބްލެކް ޕެންތާގެ ކެރެކްޓާ ޓީ ޗާލާ އަކީ ފިލްމުގެ އިސް ރޯލެއް އަދާ ކުރާ ތަރިއެކެވެ.

ޓީ-ޗައްލާ އޭނާގެ ބައްޕަގެ ފަރާތުން ވާރުތަވި ރަސްކަމުގެ ތަހުތާ ހަވާލުވެ އެވެ. ނަމަވެސް ކުއްލިއަކަށް ޒަމާންވީ ދުޝްމަނަކު ޓީ-ޗައްލާ އަތުން ތަހުތު ފޭރިގަތުމަށް އާދެ އެވެ. އެ ދުޝްމަނަކީ އޭނާގެ ބޮޑުބޭބެގެ ދަރިއެކެވެ. ބޮޑުބޭބެ މަރާލީ ޓީ-ޗަައްލާގެ ބައްޕަ އެވެ. ގައުމުގެ ދިފާއުގަ އެވެ.

ބްލެކް ޕެންތާ އަކީ ގައުމީ ލޯތްބާއި އާއިލީ ލޯބި، ދެކޮޅުވެރިކަމާއި ހަސަދަ އަދި ލޯބީގެ އަސަރު ވެސް ހިމެނިގެންދާ ގޮތަށް އުފައްދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް