'ހެޕީ ބާގް ޖާއެގީ' ގެ ސީކުއެލް ރިލީޒް ކުރާނީ އޯގަސްޓު މަހު

މުދައްސަރު އަޒީޒްގެ 'ހެޕީ ބާގް ޖާއެގީ'ގެ ސީކުއަލް 'ހެޕީ ފިރް ބާގް ޖާއެގީ' ރިލީޒް ކުރާނެ ދުވަސް ހާމަކޮށްފި އެވެ.

ފިލްމުގެ ސީކުއަލް ރިލީޒް ކުރާނީ އަންނަ އޯގަސްޓު މަހުގެ 24 ވަނަ ދުވަހު އެވެ. ފިލްމު ރިލީޒް ކުރާނެ ތާރީޚު ހާމަކޮށްފައި ވަނީ ފިލްމު ޕްރޮޑިއުސް ކުރާ އެރޯސްނައު އިން ކުރި ޓުވީޓެއްގަ އެވެ.

ޑަޔާނާ ޕެންޓީ، އަލީ ފަޒަލް، އަބޭ ޑިއޯލް އަދި ޖިމީ ޝާގިލް ލީޑު ރޯލުތަކުން ފެނިގެން ދިޔަ 'ހެޕީ ބާގް ޖާއެގީ' ރިލީޒް ކުރީ 2016 ވަނަ އަހަރު އެވެ.

'ހޭޕީ ބާގް ޖާއެގީ' އަކީ އަމިއްލަ ކައިވެނިން ފިލާ އަންހެން ކުއްޖެއް (ޑަޔާނާ)ގެ ހަޔާތުގައި ދިމާވާ ކަންކަން ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގެ ދެވަނަ ބައިގައި ޑަޔާނާ އާއެކު ސޮނާކްޝީ ސިންހާ ވެސް ފެނިގެންދާނެ އެވެ.'ހެޕީ ފިރް ބާގް ޖާއެގީ' ގައި ޑަޔާނާގެ ބަދަލުގައި 'ހެޕީ' ގެ ރޯލުން ފެނިގެން ދާނީ ސޮނާކްޝީ އެވެ.

ދެވަނަ ފިލްމުގައި ޑަޔާނާ ފެނިގެން ދާނީ ކޮން ރޯލަކުން ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް