އެސްޓީއޯގެ ކޮޅުވެއްޓިއެއް ވިލިމާލެ ފެރީޓާމިނަލްއާ ދިމާލު ނެރަށް އަރައިފި

މިރޭ މާލޭގެ ހުޅަނގުފަރާތުގެ ނެރުމައްޗަށް އެރި އެސްޓީއޯގެ "ކަނޑުހާ" ނަމަކަށްކިޔާ ކޮޅުވެއްޓި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ހުޅަނގުން ވިލިމާލެ ފެރީޓާމިނަލްއާ ދިމާ ނެރުމައްޗަށް އެސްޓީއޯގެ ކޮޅުވެއްޓިއެއް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެސްޓީއޯގެ "ކަނޑުހާ" ނަމަކަށް ކިޔާ ކޮޅުވެއްޓި ނެރުމައްޗަށް އަރާފައިވަނީ މިރޭ ގަޑިން 22:15 ހާއިރު ކަމަށެވެ.

މިރޭ ތިލަފުށިން މުދާ ހިފައިގެން މާލެ އައި އެ ކޮޅުވެއްޓީގައި 125 ޓަނުގެ ސިމެންތިއާއި ހިލަވެލި ހުރި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އެ ހާދިސާ ހިނގީ އިރު ކޮޅުވެއްޓީގައި ހަތް ދިވެހިން ތިބި އިރު އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފްގެ ކޯސްގާޑުގެ އެހީތެރިކަމާއެކު ކޮޅުވެއްޓި ފުންކުރެވިފައިވަނި މިރޭ 23:15 ގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އެ ހާދިސާގައި އެއްވެސް މުދަލަކަށް އަދި ކޮޅުވެއްޓިއަށްވެސް ގެއްލުމެއް ނުލިބޭކަމަސް އެމްއެންޑީއެފްއިން ބުންޏެވެ.

comment ކޮމެންޓް