ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ހަނގުރާމަމަތީ އުޅަނދުތަކެއް ހަރަކާތްތެރިއެއް ނުވޭ: ޑިފެންސް

އިންޑިއާގެ ހަނގުރާމަ މަތީ މަނަވަރެއް. ސިޔާސީ ގޮތުން ހަލަބޮލިވި މި ދަނޑިވަޅު އިންޑިއާ ސިފައިން ރާއްޖެ އައުމަށް ދިވެހި މަދު ބަޔަކު ދަނީ ގޮވާލަމުން-- ފޮޓޯ: އެންޑީޓީވީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ހަނގުރާމަމަތީ އުޅަނދުތަކެއް ހަރަކާތްތެރި ވަމުން ނުދާކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އިން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި ސިޔާސީ ސަރަހައްދު ރާއްޖޭގެ ދިފާއީ ބާރުން ބަލަހައްޓަމުންދާކަމަށެވެ.

ރާއްޖޭގައި ސިޔާސީ ހަލަނބޮލިކަން އުފެދިފައިވާ ދުވަސްވަރެއްގައި ގައުމީ ސަލާމަތަށް ނުރައްކާވެ، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ ވާހަކަތައް ނުފެތުރުމަށް އަދި ބޭރު ގައުމެއްގެ އަސްކަރީ ބާރެއް ރާއްޖެއަށް ނުފޫޒު ފޯރުވުމަށް ހިތްވަރު ލިބޭފަދަ ގޮތަކަށް މުއާމަލާތް ނުކުރުމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ސިޔާސީ ގޮތުން ހަލަބޮލިވި މި ދަނޑިވަޅުގައި އިންޑިއާ ސިފައިން ރާއްޖެ އައުމަށް ދިވެހި މަދު ބަޔަކު ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް