މާލޭގެ ސްޓޫޑިއޯއެއްގައި ރޭޕްކުރި މައްސަލާގައި ދައުވާ އުފުލައިފި

ރޭޕާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް: މޭލޭގެ ސްޓޫޑިއޯއެއްގެ ތެރޭގައި ރޭޕްކުރި މައްސަލާގައި ޝަރީއަތް މާދަމާ ފެށުމަށް ވަނީ ތާވަލުކޮށްފަ ---

މާލޭގައި އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އެ މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ދައުވާ އުފުލާފައި ވަނީ ގދ. ތިނަދޫ، ހުޅަގުގެ، ހަސަން ފާއިޒްގެ މައްޗަށެވެ. އޭނާގެ ޝަރީއަތް ވަނީ މާދަމާއަށް ތާވަލުކޮށްފައެވެ.

ސުޓޫޑިއޯއެއްގައި 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވަނީ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުއެވެ.

ހަސަން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އޭނާގެ އުފަން ރަށް ގދ. ތިނަދޫގައި ހުއްޓައެވެ. ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާ ބައެއް މީޑިއާތަކުގައި ބުނީ އޭނާ ރޭޕްކޮށްފައިވަނީ ސްޓޫޑީއަކަށް ޕްރޮޖެކްޓަކާ ގުޅޭ މަޝްވަރާތަކެއް ކުރުމަށް ގެންގޮސްފައި ކަމަށެވެ.

comment ކޮމެންޓް