އަދީބު އަނެއްކާ ވެސް މާފުށީ ޖަލަށް ބަދަލުކޮށްފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ކްރިމިނަލް ކޯޓަށް ވައްދަނީ -- ސަން ފޮޓޯ/ފަޔާޒް މޫސާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނެއްކާ ވެސް ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލު ކޮށްފި އެވެ.

އަދީބު ދޫނިދޫ ޖަލުގައި ހުންނަވަނިކޮށް މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ ވެސް ވަނީ މާފުށީ ޖަލަށް ގެންގޮސްފަ އެވެ. އޭގެ ހަފްތާއެއް ފަހުން އަނެއްކާ ދޫނިދޫ ޖަލަށް ބަދަލު ކުރި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ މިއަދު އަދީބު މާފުށީ ޖަލަށް ބަދަލު ކުރަން ކަރެއްކްޝަނުން ނިންމިކަން އާއިލީ ފޯނުކޯލުގައި އަދީބު ވިދާޅުވި އެވެ.

އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

comment ކޮމެންޓް