ސޮނީގެ އާ ފޯނެއް ނެރެން އުޅޭކަމުގެ އިޝާރާތެއް؟

ކުރިއަށް އޮތް މޮބައިލް ވޯލްޑް ކޮންގްރެސްގައި ސޮނީގެ އާ އުފެއްދުމެއް ފެންނާނެ ކަމުގެ އިޝާރާތެއް އެކުންފުނިން ދީފިއެވެ.

އަންނަ ހަފްތާ އޮންނަ މޮބައިލް ވޯލްޑް ކޮންގްރެސް އަށް އަމާޒުކޮށް ސޮނީގެ އެކްސްޕީރިއާ އިން ވަނީ ޓީޒާ ވީޑިއޯ އެއްވެސް އާންމުކޮށްފައެވެ. ބެލެވޭގޮތުގައި މިމަހުގެ 26 ވަނަ ދުވަހު ސޮނީގެ އާ އުފެއްދުމެން އާންމުކުރާނެއެވެ. ވީޑިއޯގައި ބުނަނީ "ސޮނީ އެމްޑަބްލިއުސީ 26.02.2018" ކަމަށެވެ.

އާންމުކޮށް ސޮނީ އިން އެކުންފުނީގެ ފޯނުތައް އާންމުކުރަނީ މޮބައިލް ވޯލްޑް ކޮންގްރެސްގައެވެ. އެހެންކަމުން ގިނަ ބަޔަކު ބުރަވަނީ މިއީ އާ ޑިޒައިނަކާއެކު ސޮނީގެ އާ ފޯނެއް ނެރެން އުޅޭކަމުގެ އިޝާރާތެއް ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނަނީ މިއީ އެކުންފުނީގެ އެންމެ ފަހުގެ ފޯނު، އެކްސްޒީގެ އާ ވާޝަންއެއް ނެރެން އުޅޭ ކަމގެ އިޝާރާތެއް ކަމަށެވެ. މިފަހަރު ނެރޭނީ އެކްސްޒީ 2 ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް