ސްނެޕްޗެޓުގެ އަޕްޑޭޓާދެކޮޅަށް މިލިއަނަކަށްވުރެ ގިނަ މީހުން ޕެޓިޝަނުގައި ސޮއިކޮށްފި

ސްނެޕްޗެޓް --- ފޮޓޯ: ގެޓީ އިމޭޖްސް

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ސްނެޕް ޗެޓުން މިދިޔަ ހަފްތާ ގެނައި އަޕްޑޭޓާއެކު ސްނެޕް ޗެޓަށް ދެވި ހިފާފައި ތިބި އެތައް ބަޔަކު ރުޅިގަދަވިއެވެ. އެ އަޕްޑޭޓާ އެކަކުވެސް ގަޔާވިކަމަކަށް އެއްބަހެއް ނުވިއެވެ.

މި އަޕްޑޭޓު އަނބުރާ ގެންދަން ގިނަ ބަޔަކު ގޮވާލަމުންދާއިރު އަޕްޑޭޓު އަނބުރާ ގެންދަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަންވެސް ވަނީ ފަށައިފައެވެ. މިލިއަނަކަށް ވުރެ ގިނަ މީހުން އެ ޕެޓިޝަނުގައި ސޮއިކޮށްފައިވާއިރު، ސްނެޕްޗެޓުން ބުނީ އާ އަޕްޑޭޓު ގަބޫލުކުރަން ޔޫޒަރުންނަށް ދުވަސް ނަގާނެ ކަމަށެވެ.

އާ އަޕްޑޭޓުގައި ހިމެނޭ ގިނަ ފީޗާސްތަކަކީ ބޭނުމެއް ނެތް ބޭކާރު ކަންތައްކަމަށް ސްނެޕް ބޭނުން ކުރާ މީހުން ބުނެއެވެ. އަދި މިހާރު ސްނެޕްގެ ލޭއައުޓަކީ ބޭނުން ކުރަން އުނދަގޫ ލޭއައުޓެއް ކަމަށްވެސް ޔޫޒަރުން ބުނެއެވެ.

އަޕްޑޭޓާމެދު ގިނަ ބަޔަކު ނުރުހުންވި ނަމަވެސް ސްނެޕް ބޭނުންކުރާ މީހުންގެ އަދަދު މަދުވެފައިވާކަން ފާހަގަ ނުކުރެވޭކަމަށް މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް