4ޖީ ފޯނާއި ސިމްއަށް ޚާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

4ޖީ ފޯނު އަދި ސިމް އަށް ޚާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން 4ޖީ ސިމް އަދި 4ޖީ ފޯނު ހެޔޮއަގުގައި ގަންނަން ލިބޭ ހާއްސަ ދެ ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން މިހާރު ދިރާގު 2ޖީ އަދި 3ޖީ ސިމް ގެންގުޅޭ ފަރާތްތަކަށް ހިލޭ 4ޖީސިމް އަކަށް ބަދަލުކުރުމުގެ ފުރުސަތު އެކުންފުނިން ވަނީ ހުޅުވާލާފައެވެ. 4ޖީ ސިމް ނަގާފަރާތްތަކަށް ދެ މަސްވަންދެން ކޮންމެ މަހަކު 2 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ.

ދިރާގުން ބުނީ އެކުންފުނީގެ މަޤްސަދަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ދިވެހިންގެ ދިރިއުޅުމަށް ފަހިކަމާއި ފާގަތިކަން ގެނައުން ކަމަށެވެ.

އެގޮތުން ޓެކްނޮލޮޖީގެ މަންފާ ގިނަ ބަޔަކަށް ތަސައްވަރު ކުރެވޭނެ ގޮތަށް ރަނގަޅު ފެންވަރުގެ 4ޖީ މޯބައިލް ފޯން ހެޔޮ އަގުގައި ލިބޭނެ ޕްރޮމޯޝަނެއްވެސް ދިރާގުން ވަނީ ފަށާފައެވެ. އެގޮތުން ފޯނު ގަންނަ ފަރާތްތަކަށް ހިލޭ ޑޭޓާ އަދި ބިލް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއްވެސް ދިރާގުން ކުރިއަށްގެންދާނެއެވެ.

ޕްރޮމޯޝަނުގެ ތެރޭގައި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ދެ ޕްރޮމޯޝަނެއް ހިމެނެއެވެ. ސެމްސަންގް ފަދަ ރަނގަޅު ބްރޭންޑް ތަކުގެ މެދުފަންތީގެ ފޯން މި ޕްރޮމޯޝަންގެ ދަށުން 1500 ރުފިޔާ އާއި 3499 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ގަންނަން ލިބޭނެއެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބިލް ޑިސްކައުންޓް 40 ޕަސެންޓާ އާއި ފަންސާސް ޕަސެންޓާ ދެމެދުން ލިބޭނެއެވެ.

އަދި ގަންނަ ކޮންމެ ފޯނަކުން ވެސް ދެ ޖީބީގެ ޑޭޓާ ހިލޭ ލިބޭނެއެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ހިލޭ 2ޖީބީގެ ޑޭޓާގެ އިތުރުން ގަންނަ ކްރެޑިޓް ދެ ގުނައަށް މި ޕްރޮމޯޝަންގެ ދަށުން ބޮޑުވާނެއެވެ.

comment ކޮމެންޓް