އަންހެނުންނަށް ހާއްސަކޮށްގެން މަޓާޓޯ އިން ލީޑާޝިޕް ޕްރޮގްރާމެއް ބާއްވަން ނިންމައިފި

މަޓާޓޯ އާއި ސްރީލަންކާގެ ޓްރެއިނިން އިންސްޓިޓިއުޓެއް ކަމަށްވާ މެކުއަޔަ ރެންސް އެންޑް ޖޯންސް އާއި ގުޅިގެން މީގެ ކުރިން ބޭއްވި ވޯކްޝޮޕެއްގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މެނޭޖްމަންޓް ދާއިރާއިންނާއި ލީޑާޝިޕްގައި ކުރިއަށްދާން ބޭނުންވާ އަންހެނުންނަށް ހާއްސަކޮށްގެން މަޓާޓޯ އިން ލީޑާޝިޕް ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

"ލީޑާޝިޕް އެންޑް މެނޭޖްމަންޓް ސްކިލް ފޯ ވުމަން"ގެ ތީމުގެ ދަށުން އެ ވޯކްޝޮޕް ބާއްވަން ހަމަޖެހިފައި ވަނީ، އަންނަ މަހުގެ 22 ވަނަ ދުވަހު ޗަންޕާ ސެންޓްރަލް ހޮޓެލްގަ އެވެ.

ސްރީލަންކާގެ މެކުއަޔަ ރެންސް އެންޑް ޖޯންސްއާ ގުޅިގެން މަޓާޓޯ އިން ކުރިއަށްގެންދަން ނިންމާފައިވާ އެ ޕްރޮގްރާމަކީ، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ ގޮތަށް، ހިދުމަތް ދިނުމުގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމަށް މަޓާޓޯ އިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ބާއްވަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯ އިން ބުނީ، އެ ޕްރޮގްރާމެގ އެހީގައި ލީޑާޝިޕް އަދި މެނޭޖްމަންޓްގެ ދާއިރާއިން ބޭނުންވާ އުކުޅުތަކަށް އެނގި އެކަމުގެ ތަޖުރިބާ ލިބިގެންދާނެ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ ދަތިތަކާ ކުރިމަތިލާން ވީގޮތާއި މުއާމަލާތް ކުރަންވީ ގޮތް ވެސް އެނގިގެންދާނެ ކަމަށް މަޓާޓޯ އިން ބުންޏެވެ.

އެ ޕްރޮގްރާމް ކުރިއަށްގެންދާނީ ލީޑާޝިޕް ގެ ދާއިރާއިން ތަޖުރިބާކާރު ޓްރެއިނާއެއް ކަމަށްވާ، ވުމަން އެމްޕަވާޑް ގެ ފައުންޑާ، ސެނޭލާ ޖަޔާސޫރިޔާ އަބޭނަޔަކައެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަވާނެ ކަމަށް މަޓާޓޯ އިން ބުންޏެވެ.

comment ކޮމެންޓް