މަސައްކަތުގައި އުޅޭ އިރު ބަނޑުހައިވޭތަ؟

މަސައްކަތުގައި އުޅޭއިރު ބަނޑުހައިވާ ކޮންމެ ފަހަރަކު މަސައްކަތް ހުއްޓާލައި ކާން ދިއުމަކީ ދަތިކަމެކެވެ. އެކަމަށް އޮތް ހައްލަކީ އިންތަނުގައި އިނދެގެން ކައިލެވޭނެ ފަދަ ހަށިގަނޑަށް ފައިދާ ހުރި ކޮންމެ ވެސް ކާއެއްޗެކެވެ.

ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި އަލްމަންޑް، ބްލޫބެރީސް ފަދަ އެއްޗެއް ކާލުމަކުން ގެއްލުމެއް ނެތެވެ. ހަށިގަނޑަށް ފައިދާ ހުރި އެއްޗަކަށްވެފައި ބޭނުންވާ ހަކަތަ ވެސް ހަށިގަނޑަށް ލިއްބައިދޭނެ އެވެ.

މީގެ އިތުރުން މަސައްކަތުގައި އުޅޭ އިރު ބަނޑުހައިވާ ވަގުތުތަކުގައި ޔޯގަޓް ފަދަ އެއްޗެއް ކެވިދާނެ އެވެ. މާ ގިނަ ވަގުތެއް ހޭދައެއް ނުވާނެ އެވެ. ނޫނީ ހޯދާފައި ބަހައްޓާށެވެ.

ސީއެންއެންގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން މަސައްކަތުގައި އުޅޭ އިރު ހަށިގަނޑު ވަރުބަލިވެ، ބަނޑުހައިވުމުން ޗިކް ޕީސް ނޫނީ ސަނާމުގު ހަނާކޮށްގެން ކާމީހުން ވެސް މަދެއްނޫނެވެ.

މީގެ އިތުރުން ރެޑިޝް، ކެރެޓް ނޫނީ ބެލްޕެޕާ ފަދަ ތަރުކާރީ ވެސް ސްނެކް އެއްގެ ގޮތުގައި ކާލެވިދާނެ އެވެ. މޭވާތަކުގެ ތެރެއިން އާފަލާއި އޮރެންޖު، މޭބިސްކަދުރު ވެސް މި ލިސްޓަށް އިތުރު ކުރެވިދާނެ އެވެ.

މިއީ ލޮޑުވާނެ ފަދަ ބޮޑު ނާސްތާއެއް ނެގުމުގެ ބަދަލުގައި ހަށިގަނޑަށް ފައިދާހުރި ސްނެކް އެއް ނަގައިގެން ބަނޑުހައި ހޫނުކަން ފިލުވައިލުމަށް ކެއުމުގައި ބޭނުން ކުރެވިދާނެ ހަށިގަނޑަށް ފައިދާހުރި ބައެއް ކާނާ އެވެ.

comment ކޮމެންޓް