ބަފްޓާ އެވޯޑްސް: ތްރީ ބިލަބޯޑްސް އަށް ގިނަ އެވޯޑްތަކެއް

ބްރިޓިޝް ފިލްމް އެކެޑަމީ އެވޯޑްސް (ބަފްޓާ) ރޭ ބާއްވާފައިވާ އިރު ބަފްޓާ އިން ވެސް ފެނިގެންދިޔައީ މި އަހަރު ގިނަ ފިލްމް އެވޯޑުތަކުން ފެނިގެން ދިޔަ ގޮތަށް ކަޅު ހެދުމުގައި ރެޑް ކާޕެޓު ފަޅުފިލުވައިލަދިންތަނެވެ.

ހޮލީވުޑްގައި އޮތް ޖިންސީ ފުރައްސާރަ ކުރުމާ ދެކޮޅު ކެމްޕެއިނެއްގެ ގޮތުގައި ކަޅު ހެދުން ފެނިގެންދިޔަ އިރު ބައެއް ފަންނާނުން ވަނީ ކުލަ ހެދުމުގައި ވެސް ހަފްލާ އަށް ގޮސްފަ އެވެ. ނަމަވެސް މިތަރިން ބުނަނީ "މިތިބީ އެހެން ފަންނާނުންނާ އެކު" ކަމަށެވެ.

ބަފްޓާ އެވޯޑްސްގެ ވަނަ ތަކަށް ބަލާއިރު އެންމެ ގިނަ އެވޯޑު އުފުލާލާފައި ވަނީ ތްރީ ބިލަބޯޑްސް އައުޓްސައިޑް އެބިން އެވެ. އެ ފިލްމު ވަނީ ބެސްޓް ފިލްމްގެ އިތުރުން އައުޓް ސްޓޭންޑިން ބްރިޓިޝް ފިލްމް ގެ އެވޯޑާއި ލީޑިން އެކްޓްރެސް އަދި ސަޕޯޓިން އެކްޓްރެސްގެ އެވޯޑުވެސް ހޯދައިފަ އެވެ. މީގެ އިތުރުން ބެސްޓް ސްކްރީން ޕްލޭގެ އެވޯޑު ވެސް މި ފިލްމަށް ވަނީ ލިބިފަ އެވެ.

ތްރީ ބިލަބޯޑްސް އަށް ވަނީ ގޯލްޑަން ގްލޯބް އެވޯޑުގައި ބެސްޓް މޯޝަން ޕިކްޗާގެ އެވޯޑުވެސް ލިބިފަ އެވެ. އޮސްކާ އެވޯޑްސްގެ ބެސްޓް ފިލްމަށް ވެސް މި ފިލްމު ވަނީ ނޮމިނޭޓްވެފަ އެވެ.

ބަފްޓާގެ އެވޯޑުތަކަށް ބަލާ އިރު ލީޑިން އެކްޓްރެސް ލިބިފައި ވަނީ ތްރީ ބިލަބޯޑްސް އިން ފްރޭންސެން މެކް ޑޯމޭންޑް އަށެވެ. ލީޑިން އެކްޓަރަކީ ޑާކެސްޓް އަވާ އިން ގެރީ އޯލްޑް މޭން އެވެ. ބެސްޓް އެނިމޭޓެޑް ފިލްމް އެވޯޑް ލިބުނީ ކޮކޯ އަށެވެ. ބްރިޓިޝް ސިނަމާ އަށް އެންމެ އެއްބާރުލުންދޭ ފަރާތަށް ދޭ އެވޯޑު ވަނީ ނޭޝަނަލް ފިލްމު އެންޑް ޓެލެވިޜަން ސްކޫލަށް ދީފަ އެވެ.

comment ކޮމެންޓް