ބޮކްސް އޮފީސް: އެންމެ ފަަހުގެ ގަދަ ފަހެއް

ހޮލީވުޑް ބޮކްސް އޮފީސް ޗާޓަށް ބަލާއިރު ހުސްވި ހަފްތާ ބަންދުގައި ރިލީޒްކުރި މާވެލް ފިލްމު "ބްލެކް ޕެންތާ" ވަނީ ޗާޓުގެ އެއް ވަނަ ހޯދައިފަ އެވެ. ބްލެކް ޕެންތާ ވަނީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ފުރަތަމަ ދުވަހު ހޯދި ފަސް ވަަނަ ފިލްމުގެ މަގާމު ވެސް ހޯދައިފަ އެވެ. ބްލެކް ޕެންތާ އަކީ މާވެލްގެ ކެރެކްޓާ ބްލެކް ޕެންތާގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

މި ޗާޓުގެ ދެ ވަނަ ލިބެނީ ޕީޓާ ރެބިޓް އަށެވެ. މި ފިލްމު ބޮކްސް އޮފީހުގައި އޮންނަތާ ހަފްތާއެއް ވެފައިވާ އިރު އަދި ވެސް ފިލްމަށް ލިބޭ ތަރުހީބު ކުޑަވެފައެއް ނުވެ އެވެ. މިއީ ކުޑަކުދިންނާ އެކު ބަލާލަން ކަމުދާނެ ކާޓޫނު ފިލްމެކެވެ.

ތިން ވަނަ ލިބެނީ ޔުނިވާސަލްގެ ފިފްޓީ ޝޭޑްސް ފްރީޑް އަށެވެ. ފިފްޓީ ސޭޑްސް ފްރެންޗައިޒްގެ ތިން ވަނަ ފިލްމު ރިލީޒްކޮށްފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ބޮކްސް އޮފީހު ޗާޓުގެ ހަތަރު ވަނަ ލިބެނީ ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް އަށެވެ. މިއީ ހުސްވި ޑިސެމްބަރު މަހު ނެރުނު ފިލްމެކެވެ.

ޗާޓުގެ ފަސް ވަނަ ލިބެނީ ދަ 15:17 ޓި ޕެރިސް އަށެވެ. މި މަހުގެ ނުވަ ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަކީ ޕެރިހުގައި ދިން ޓެރަރިސްޓު ހަމަލާއެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް