ސަބް ސްޓޭޝަން ފޮއްޓެއްގައި ރޯކޮށްލި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް

ޑިސްޓްރިބިއުޝަން ބޮކްސްގައި ރޯކޮށްލާފައި --

މާލެއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯ އިން ބޭނުންކުރާ ސަބްސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.

އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން 15 ދުވަސް ޖަހައިދީފައިވަނީ 14 ވަނަ ދުވަހުއެވެ.

ސްޓެލްކޯ އިން ބުނީ ރޯކޮށްލާފައި ވަނީ ފާށަނާކިލެގެ މަގުގައި (ކުރީގެ ސިޓީ ޕާކް ހުރި މަގުގައި) ހުރި ސަންސްޓޭޝަނެއްގައި ކަމަށެވެ. އަލިފާން ރޯކޮށްލާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ފަތިހު 4:30 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ ސްޓެލްކޯގެ ޑިސްޓްރިބިުޝަން ފޮއްޓެއްގައި ރޯކޮށްލި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ ފޮށީގައި ބަޔަކު ރޯކޮށްލީ ގަސްދުގައި ކަމަށް ބެލެވޭ ކަމަށެވެ.

ސްޓެކްލޯގެ މީޑިއާ އޮފިޝަލު ސަން އަށް ވިދާޅުވީ ރޯކޮށްލި ޑިސްޓްރިބިއުޝަން ފޮއްޓަކީ ހަތް ގެއަކަށް ކަރަންޓު ދިނުމަށް ބޭނުންކުރި ފޮއްޓެއް ކަމަށެވެ. އެ ފޮށިން ގާތްގަނޑަކަށް 60 މީޓަރަށް ކަރަންޓު ފޯރުކޮށްދޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

comment ކޮމެންޓް