ސޯޝަލް މީޑިއާ އަކީ އިޖުތިމާއީ ގުޅުމަށް އޮތް ހުރަހެއް ނޫން: ދިރާސާ

ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ވައިގައި ހިފައި، ރައްޓެހިންނާއި އާއިލާގެ މީހުންނާ އޮންނަ ގުޅުން ކުޑަވެގެން ދިޔަ ކަމަށް ވާހަކަ ދެކެވުނެވެ. އެކަކު އަނެކަކާ ބައްދަލު ނުވެ އެމީހުންނާ ވާހަކަ ދައްކާ ހަމައެކަނި ވަސީލަތަކީ ސޯޝަލް މީޑިއާ އަށް ވަނީ ހަދައިފަ އެވެ. ސައިކޮލަޖިސްޓުން ވިދާޅުވާ ގޮތުގައި ސޯޝަލް މީޑިއާގެ ވަސީލަތްތަކާ ޢެކު އިޖްތިމާއީ ގުޅުން ވަނީ ކުޑަވެފަ އެވެ.

ނަމަވެސް މި ބުނުން ދޮގުކުރާ އާ ދިރާސާއެއް ސައިކޮލަޖިސްޓުން ވަނީ ހައްދަވައިފަ އެވެ. އާންމު ދިރިއުޅުމާއި ސޯޝަލް މީޑިއާ އާ ސީދާ ގުޅުމެއް ނެތްކަން އެދިރާސާގައި ވަނީ ބަޔާންކޮށްފަ އެވެ. ޔުނިވާސިޓީ އޮން ކެންސެސް އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ގިނަ ގަޑިތަކެއް ހޭދަކުރި ނަމަވެސް އޭގެ ސަބަބުން މީހުންގެ އިޖްތިމާއީ ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.

"މި ދިރާސާގެ ބޭނުމަކީ މާ ގިނަ ވަގުތު ސޯޝަލް މީޑިއާ ބޭނުންކުރަން ހިތްވަރު ދިނުމެއް ނޫން. ނަމަވެސް ސޯޝަލް މީޑިއާ އާ ގުޅޭ ގޮތުން ބައެއް މީހުން ގަބޫލުކުރާގޮތް ރަނގަޅު ނޫންކަމަށް ބުނެދިނުން،" ޖާނަލް އޮފް އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ސޮސައިޓީގައި ޝާއިއުކޮށްފައިވާ ދިރާސާ އާ ގުޅޭ ގޮތުން އެ ދިރާސާ އެކުލަވާލުމުގައި އިސްކޮށް އުޅުއްވި ޖެފްރީ ހޯލް ވިދާޅުވެފައިވެ އެވެ.

މި ދިރާސާ އެކުލަވާލުމަށް ޖެފްރީ އާއި އޭނާގެ ބައިވެރިން ވަނީ މީގެ ކުރިން ސޯޝަލް މީޑިއާ އާއި ޒުވާނުންނާ ހުރި ގުޅުމާއި އެމީހުންގެ އިޖްތިމާއީ ދިރިއުޅުން ހުރި ނެތްގޮތުގެ މައްޗަށްކޮށްފައިވާ ދިރާސާތައް ވެސް ބަލައިފަ އެވެ.

ދިރާސާގެ މައްޗަށް ބިނާކޮށް ޖެފްރީގެ ޓީމުން ބުނީ ސޯޝަލް މީޑިއާގެ ސަބަބުން އެކަކު އަނެކަކާ ދިމާވެ، ވާހަކަ ދެއްކުން މަދުވެފައި ނުވާ ކަމަށާއި ހަމައެކަނި ސޯޝަލް މީޑިއާ މެދުވެރިކޮށް ވާހަކަދައްކައި ހާލުބެލުން ޓްރެންޑަކަށް ވެފައިވާކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

comment ކޮމެންޓް