މާފުށި ޖަލުކައިރީގައި މުޒާހަރާކޮށްގެން މަހުލޫފް ފުލުހަށް ހާޒިރު ކުރަނީ

އަހުމަދު މަހުލޫފް ---ސަން ފޮޓޯ/ ފަޔާޒު މޫސަ

ކ. މާފުށި ޖަލު ކައިރީގައި މުޒާހަރާކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.

މަހުލޫފް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މަދަމާ މެންދުރު 14:00 އަށެވެ.

ސުޕްރީމް ކޯޓުން ނުވަ މީހަކު ދޫކޮށްލަން ކުރި އަމުރާ ގުޅިގެން މަހުލޫފް އިސްވެ ހުންނަވައި މާފުށީ ޖަލު ކައިރީގައި އިދިކޮޅު މީހުން މުޒާހަރާކޮށްފައިވަނީ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ.

މަހުލޫފް މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި ޓްވީޓަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވުމަށް އެދި ޗިޓް ފޮނުވައިފިއެވެ.

އޭނާ އިއްޔެ ވަނީ ދެ ފަހަރެއްގެ މަތިން ދެ މައްސަލައެއްގައި ފުލުހަށް ހާޒިރުވެފައެވެ.

comment ކޮމެންޓް