ކުޅިވަރު ލެޖެންޑް ސައްޔިދު ހަސަން ނިޔާވެއްޖެ

ކުޅިވަރު ލެޖެންޑް ސައްޔިދު ހަސަން --- ފޮޓޯ/ މީސް މީޑިއާ

ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުޅިވަރު ޝަހުސިއްޔަތު ސައްޔިދު ހަސަން ނިޔާވެއްޖެއެވެ.

ސައްޔިދު ހަސަންގެ އާއިލާއިން 'ސަން' އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ސައްޔިދު ހަސަން ނިޔާވީ މިރޭ 9:30 ހާއިރު އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައެވެ.

ސައްޔިދުގެ ހަސަންގެ ޖަނާޒާގެ ކަންތައްތައްވެސް ކުރިއަށްދާނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ސައްޔިދު ހަސަން (ކ) --- ފޮޓޯ/ މީސް މީޑިއާ

ސައްޔިދު ހަސަންއަކީ 1970 އަދި 1980 ވަނަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ ކާމިޔާބު އެއް ކުޅިވަރު ޝަހުސިއްޔަތެކެވެ. ދިވެހިރާއްޖެ ތަމްސީލު ކުރުމަށް ރާއްޖެއިން ބޭރަށް ދިޔަ އެންމެ ފުރަތަމަ ޓީމުގައިވެސް ސައްޔިދު ހަސަން ވަނީ ހިމެނިފައެވެ. އެއީ 1973 ވަނަ އަހަރު ޓޭބަލް ޓެނިސް ޓީމުގައި ހިމެނިގެންނެވެ.

ސައްޔިދު ހަސަންއަކީ ޓީޓީގެ އިތުރުން ފުޓްބޯޅަ، ބާސްކެޓްބޯޅަ، ބައިސްކަލް ރޭސް، ޓެނިސް އަދި ވޮލީ ފަދަ ކުޅިވަރުތަކުގެ ޗެމްޕިއަނެކެވެ.

ސައްޔިދު ހަސަންއަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން ސައްޔިދު އަލީގެ ބޭބެއެވެ.

comment ކޮމެންޓް