ގޫގުލް އިމޭޖް ސާޗްއަށް ބޮޑު ބަދަލެއް

ގޫގުލް އިމޭޖް ސާޗްއަށް ގެނައި ބަދަލު ފެންނަ ސްކްރީން ޝޮޓެއް --- ފޮޓޯ: ދަ ވާޖް

އެއްޗެއް ނޭނގުނަސް އެންމެ ފުރަތަމަ އަހާލާނީ "ގޫގުލް ދޮންބެ" ކައިރީއެވެ. ރައްޓެއްސަކު ދަހިކޮށްލަން ކާއެއްޗެއްގެ ފޮޓޯ ހޯދަންވެސް ގޫގުލް ސާޗްކުރާނީއެވެ. ގޫގުލްއިން މިވަނީ ގޫގުލް މެދުވެރިކޮށް ފޮޓޯ ހޯދުމަށް ބޮޑު ބަދަލެއް ގެނެސްފައެވެ. މި ބަދަލަކީ ފޮޓޯ "ވަގަށް ނެގުން" ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.

ފޮޓޯއަކަށް ކްލިކް ކޮށްލުމުން ފެންނަ "ވިއު އިމޭޖް" މިހާރު ނުފެންނާނެއެވެ. މީގެ އިތުރުން ސާޗް ބައި އިމޭޖް އޮޕްޝަންވެސް މިހާރު ވަނީ ނަގައިފައެވެ. މިއީ ފޮޓޯގްރާފަރުންނާއި ޕަބްލިޝަރުންގެ ޝަކުވާތަކަށް އިޖާބަދިނުމަށް ގޫގުލްއިން ގެނައި ބަދަލެކެވެ. ދެން ފޮޓޯއެއް ހޯދަން ބޭނުންނަމަ ޖެހޭނީ އެ ފޮޓޯއެއް އިން އޮރިޖިނަލް ވެބްސައިޓަށް ދާށެވެ.

ބޭނުންވާ ފޮޓޯއެއް ސާޗް ބާއަށް ޑްރެގް ކުރުމުން އަދިވެސް އެ ފޮޓޯއާ ގުޅުންހުރި "ރިލޭޓެޑް އިމޭޖެސް" ފެންނާނެއެވެ.

ގޫގުލްއިން ގެނައި ބަދަލަކީ ފޮޓޯގްރާފަރުންގެ ކޮޕީރައިޓް މައްސަލަތަކަށް ހައްލެއް ލިބޭނެ ބަދަލެއް ކަމަށް ބެލެވެއެވެ.

comment ކޮމެންޓް