އެމްއެންޔޫއެސްޔޫގެ ގޮފިތަކުގެ ހިންގާ ކޮމެޓީތަކަށް ހޮވުނު މެމްބަރުންނަށް މަގާމު ހަވާލުކޮށްފި

އެމްއެންޔޫއެސްޔޫގެ ގޮފިތަކުގެ ހިންގާ ކޮމެޓީތަކަށް ހޮވުނު މެމްބަރުންނަށް މަގާމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާުތުގެ ތެރެއިން--ފޮޓޯ: ފައުމީ ޔުނވާސިޓީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ މައްޗަށް އެކުލެވިފައިވާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ ގޮފިތަކުގެ ހިންގާ ކޮމެޓީތަކަށް ހޮވުނު މެމްބަރުންނަށް މަގާމު ހަވާލުކޮށްފިއެވެ.

ގައުމީ ޔުނިވާސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޔޫއެސްޔޫގެ ނުވަ ގޮތްޕެއްގެ ހިންގާ ކޮމެޓީގެ މެމްބަރުންނަށް މަގާމުތައް ވަނީ ހަވާލުކޮށްދެއްވައިފައެވެ.

ގޮފިތަކުގެ ހިންގާ ކޮމެޓީގެ ރައީސުންނަށް މަގާމުތައް ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހްމާން ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް ޠާހާ ސަލީމެވެ.

އެމްއެންޔޫއެސްޔޫގެ ގޮފިތަކުގެ ހިންގާ ކޮމެޓީތަކަށް ހޮވުނު މެމްބަރުންނަށް މަގާމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ގައުމީ ޔުނވާސިޓީ

އެމްއެންޔޫއެސްޔޫގެ ގޮފިތައް

  • ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑަންޓް ޔޫނިއަން
  • ހީލާސް
  • ސިއާ
  • ސޮަސައިޓީ އޮފް ހޮސްޕިޓަލް އެންޑް ޓޫރިޒަމް ސްޓަޑީސް
  • ތަރަހަ
  • ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސްގެ ގޮފި
  • ސްކޫލް އޮފް ނާސިންގެ ގޮފި
  • ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ ގޮފި

އެމްއެންޔޫއެސްޔޫގެ ހިންގާ ކޮމެޓީއަށް ލަފާއަރުވާ ބޯޑު އިފްތިތާހްކޮށް، އެ ބޯޑަށް އަލީ އަމީރު އަދި ހުސެއިން އަލީ މާޒިން ހުސެއިން އިބްރާހިމް ޝާފިއު އަހުމަދު ރޭ ވަނީ އިންތިހާބުކޮށްފައެވެ.

ރޭގެ ރަސްމިއްޔާތުގައި އެންއެންޔޫއެސްޔޫގެ އާ ވެބްސައިޓަކާއި ، އޮފިޝަލް ޔޫޓިއުބް ޗެނަލަކާއި އަދި އޮފިޝަލް ޓީޝާޓެއްވެސް ވަނީ އިފްތިތާހުކޮށްފައެވެ.

އެ ރަސްމިއްޔާތުގައި، މިދިޔަ އަހަރު އެމްއެންއެސްޔޫގެ ހިންގާ ކޮމެޓީތަކުގައި ހަރަކާތްތެރިވި މެމްބަރުންނަށް ވަނީ ރިފަރެންސް ލެޓާ ވެސް ހަވާލުކޮށްފައެވެ.

އެމްއެންޔޫއެސްޔޫގެ ގޮފިތަކުގެ ހިންގާ ކޮމެޓީތަކަށް ހޮވުނު މެމްބަރުންނަށް މަގާމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާުގެ ތެރެއިން--ފޮޓޯ: ފައުމީ ޔުނވާސިޓީ

ފެކަލްޓީ އޮފް ސައިންސްގައި ބެޗެލާ އޮފް ސައިންސް ކިޔަވަމުންދަނިކޮށް މިދިޔަ އަހަރު ނިޔާވި ދަރިވަރު، އަހުމަދު މުހައްމަދުގެ ހަނދާނުގައި އޭނާގެ ނަމުގައި އެމްއެންޔޫއެސްޔޫގައި އެންމެ ހަރަކާތްތެރި ދަރުމަވެރިއަކަށް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.

އަހުމަދު މުހައްމަދު އެވޯޑު މިއަހަރު ހާސިލް ކޮށްފައިވަނީ އަހުމަދު މާހިދު އަދި މަރިޔަމް ޝަޖަން ޝާކިރުއެވެ.

ރޭގެ ރަސްމިއްޔާތުގައި ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް ޠާހާ ސަލީމް ވިދާޅުވީ، މިހާރަކަށް އައިސް ކިތަންމެ މޮޅަށް ކިޔަވައިގެން ބޮޑެތި މަގާމުތަކުގައި އުޅުނަސް ބޭނުމެއް ނުހިފޭ ކަމަށާއި އަދި އެގޮތަށް މަސައްކަތްކުރާތީ ކުރިއަށްދާން އޮންނަ ފުރުސަތުވެސް ނުލިބޭ ކަމަށެވެ. އަދި ސްޓޫޑަންޓް ޔޫނިއަނަކީ އެހެން މީހުންނާއެކު އުޅެން ދަސްކޮށްދޭ ޔޫނިއަނެއް ކަމަށް ޠާހާ ވިދާޅުވިއެވެ.

comment ކޮމެންޓް