ހާކިމާއަށް ކިޔަމަންވުމަކީ ރައްޔިތުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް: ހުތުބާ

މިއަދު ރާއްޖޭގެ އެކި ކަންކޮޅުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ، ގައުމެއްގައި ހާކިމަކު ލައްވާފައިވާ ހުރުމަކީ އެ ގައުމަށް ﷲ ދެއްވާ ނިއުމަތެއް ކަމަށް. އެހެން ކަމުން ހާކިމާއަށް ކިޔަމަން ގަތުމަށް ޚުތުބާގައި ގޮވާލި.---ފައިލް ފޮޓޯ ރައީސް އޮފީސް

ހާކިމާއަށް ކިޔަމަށް ގަތުމަކީ އެ ގައުމެއްގެ ރައްޔިތުންނަށް ވާޖިބު ކުރައްވާފައިވާ ކަމެއްކަމަށާއި ހާކިމާއަށް އިހާނެތިކޮށް ހިތުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުރައްވާފައިވާ ކަމެއްކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ހުތުބާގައި ބުނެފައި ވަނީ، ގައުމެއްގައި ހާކިމަކު ލައްވާފައިވާ ހުރުމަކީ އެ ގައުމަށް ﷲ ދެއްވި ނިއުމަތެއް ކަމަށެވެ. އޭނާގެ ސަބަބުން ދީން ރައްކާތެރި ކުރެވޭ ކަމަށާއި ހާކިމާގެ ބަހުގެ ސަބަބުން ގައުމުގެ ފިކުރު އެއްގޮތް ވެގެންދާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ހާކިމާގެ ވެރިކަމުގެ ދަށުގައި ގައުމު ސަފުތައް އެއްބައިވެގެންދާނެ ކަމަށާއި އޭނާ ހުރުމުން ގައުމެއް ދިރި، ކުރިއަރާ ދާނެ ކަމަށް ވެސް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ހާކިމާގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ލިބި ރައްކާތެރިވެގެންދާ ކަމަށާއި އެ ކަންތައްތަކުގެ ސަބަބުން ގައުމުގެ ހާކިމާއަށް ކިޔަމަން ގަތުމަކީ ވާޖިބުވެގެންވާ ކަމެއްކަމަށެވެ.

ވެރިންނަށް އެއްޗެހި ގޮވުމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫންކަމަށާއި އެ މީހުންގެ މައްޗަށް ބަދު ދުއާ ކުރުމަކީ ދީން މަނާ ކުރާ ކަމެއްކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ހާކިމާއަށް ނަސޭހަތެއްދޭން ބޭނުންވާ މީހާއަށް އެކަން ކުރަން ޖެހޭނީ ރިވެތިގޮތުގައި ކަމަށެވެ. އަދި ނަސޭހަތްދޭންވާނީ އޭނާގެ އިއްޒަތަށާއި ކަރާމާތަށް އުނި ކަމެއް ނުލިބޭ ފަދަ ގޮތަކަށް ރިވެތި ބަހުން ކަމަށެވެ.

މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ހާކިމާގެ ނިއުމަތަކީ ބޮޑު އަމާނާތެއް ކަމަށާއި އެ ނިއުމަތަށް ރައްކާތެރިވާން ޖެހޭ އަގުބޮޑު ނިއުމަތެއް ކަމަށް މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ހުތުބާގައި ބުނެފައިވެއެވެ.

comment ކޮމެންޓް