އަދީބުވެސް ދޫނިދުއަށް ބަދަލުކޮށްފި

ކުރީގެ ނައިބު ރައީސް އަދީބު --- ސަން ފޮޓޯ: ފަޔާޒް މޫސާ

ތެއްތިރީސް އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު އަނެއްކާވެސް ދޫނިދު އަށް ބަދަލުކޮށްފިއެވެ.

ދޫނިދޫގައި ހުންނެވި އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.

އަދީބުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބު މިހާރު ދޫނިދުއަށް ބަދަލުކޮށްފައިވާ ކަމަށާއި ނަމަވެސް އަދީބު ދޫނިދޫއަށް ބަދަލު ކުރިކަން އާއިލާއަށާއި ވަކީލުންނަށްވެސް އަންގާފައިނުވާ ކަމަށެވެ.

އަދީބު ދޫނިދޫ އަށް ބަދަލުކުރި އިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް މާފުށީ ޖަލުގައި ބެހެއްޓުމަށްފަހު އަނެއްކާވެސް ވަނީ ދޫނިދުއަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް