މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ފަށައިފި

މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން އިފްތިތާހު ކުރުން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ރިއަލިޓީ ޝޯ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ޕްރެމިއާކޮށްފިއެވެ.

އައިޑަލްގެ ޝޯތައް ބުރާސްފަތި ދުވަހުގެރޭ ދައްކަން ފަށާފައިވާއިރު އެންމެ ފުރަތަމަ ދައްކާފައިވަނީ މާލޭ ސިޓީގެ އޮޑިޝަންގެ ޝޯތަކެވެ.

ހުކުރު ދުވަހުގެރޭވެސް މާލޭގެ އޮޑިޝަން ދައްކަން ހަމަޖެހިފައިވާއިރު ހޮނިހިރު ދުވަހުގެރޭ ދައްކާނީ އައްޑޫ ސިޓީ އޮޑިޝަންއެވެ. އާދިއްތަ ދުވަހުގެރޭ ދައްކާނީ އުނގޫފާރު އޮޑިޝަންއެވެ.

މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ރޭ ފަށާފައިވާއިރު ކުރީ ދެ ސީޒަންއާ ހިލާފަށް މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލްގައި ހަތަރު ޖަޖުން ހިމެނެއެވެ. ޖަޖުންގެ ޕެނަލްގައި ހިމެނެނީ ކުރީ ދެ ސީޒަންގައިވެސް ޕެނަލްގައި ހިމެނުނު މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލްއާ ގުޅުނު ޒާރާ މުޖުތަބާ އެވެ.

އައިޑަލްގެ ހޯސްޓުންގެ ގޮތުގައި ފެންނާނީ މޫސާ ވަސީމް އަދި ޝައިނާ ޝަރީފް އެވެ.

comment ކޮމެންޓް