"ކޮންމެ ކަމެއްވިޔަސް ހަމަ ކާހިތްވަނީ"، އެކަމަށް އޮތް ހައްލަކީ މިއީ!

އުފާވިޔަސް ބޭނުންވަނީ ކޮންމެވެސް އެއްޗެއް ކާލާށެވެ. ދެރަވެ ހިތުގައި ޖެހުމުން ޗޮކްލެޓެއް ނޫނީ ޕިއްޒާއެކެވެ. "ޕިިއްޒާ އަންޑަސްޓޭންޑްސް" ނޫންހެއްޔެވެ؟ ނަމަވެސް މިއީ ހައްލެއް ނޫނެވެ. މީހާގެ މޫޑަށް އަންނަ ބަދަލާއެކު ކޮންމެ ފަހަރަކު ކާއެއްޗެއްސާ ދިމާއަށް ދިއުމަކީ ހަށިގަނޑަށް އެންމެ ފައިދާ ހުރިގޮތެއްވެސް ނޫނެވެ.

ކާއެއްޗެއް ކާހިތްވުމުން އަމިއްލަ ހިތްހަމަ ޖެހުމަށްޓަކާ އެއެއްޗެއް ކެއުމަކީ އާދައަކަށް ނުހަދާށެވެ.

އިމޯޝަނަލް ކްރޭވިންގްސް އާއި ބަނޑުހައިވުމަކީ ތަފާތު ދެ އިހުސާސެކެވެ. އީޓިން ސައިކޮލަޖީ ކޯޗް މެލް ވެލްސް ވިދާޅުވާގޮތުގައި އިމޯޝަނަލް ކްރޭވިންގްސް އަކީ މީހާގެ މޫޑަށް އަންނަ ބަދަލާއެކު ކުއްލިއަކަށް ވަކިއެއްޗެއް ކާހިތްވެ އެއެއްޗަކަށް ހިތްގޮވުމެވެ. ގިނަ ފަހަރަށް އެ ކާއެއްޗެއް ހޯދައިގެން ކާން އިށީންނައިރު ކާހިތް ހުންނަނީ ކެނޑިފައެވެ. ލޮލަށް ފެނުމާއެކު ހިތްހަމަޖެހިދެއެވެ.

ބަނޑުހައިވުމުން ކޮންމެހެން އަވަސް އަރުވާލައިގެން ކާއެއްޗެއް ހޯދަން ބޭނުން ނުވާނެކަމަށާއި، ބަނޑުހައި ހޫނުކަން ފިލުވާލެވޭނެ އެއްޗެއް ހޯދައިގެން ކާން ބޭނުންވާނެކަމަށް ވެލްސް ވިދާޅުވެފައިވެއެވެ.

އިމޯޝަނަލް ކްރޭވިންގްސްގެ ހާލަތުގައި ކަން ކުރަންވީ ކިހިނެއް ހެއްޔެވެ؟ ހިތް ފުރޭވަރަށް އެ އެއްޗެއް ކާންވީ ހެއްޔެވެ؟ ނޫނީ އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯރުވައި ކެއުން ކޮންޓްރޯލުކުރަންވީ ހެއްޔެވެ؟

މެލް ވެލްސް ވިދާޅުވާގޮތުން މިފަދަ ހާލަތުގައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އަމިއްލަ ނަފުސާ ސުވާލު ކުރުމެވެ. ކޮންމެހެންވެސް އެ ކާހިތްވާ އެއްޗެއް ކެއުން މުހިއްމުތޯއެވެ. މިގޮތަށް ވަގުތުކޮޅެއް ހުސްކޮށްލާނަމަ އިރުކޮޅަކުން ހިތްކެނޑިދާނެއެވެ. އެކަމާމެދު ނުވިސްނައި ވޭތޯ މަސައްކަތް ކުރުމަކީ ދެން ކުރަންވީ ކަންތަކެވެ. ކޮންމެފަހަރަކު ހިތަށް އެރުމާއެކު ކާއެއްޗެއްސާ ދިމާލަށް ދިއުމަކީ ސިއްހަތަށްވެސް އެންމެ ފައިދާހުރި ގޮތެއް ނޫނެވެ. އެކަމާމެދުވެސް ވިސްނައި އަމިއްލަ ނަފުސަށް އެކަން އިހުސާސްކޮށްދޭން މަސައްކަތް ކުރާށެވެ. މަދުފަހަރަކު ނޫނީ ބައެއްފަހަރު މިހެން ހިތަށް އަރާހާ އެއްޗެއް ކެއުން މައްސަލައެއް ނޫނެވެ. އާދައަކަށް ނުހަދާށެވެ.

ބަނޑުހައި ވެފައި ހުންނަވަގުތު ކާއިރު، ކާންވާނީ ލަސްލަހުންނެވެ. މާ ހަލުވިކޮށް، ކެއުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫނެވެ.

comment ކޮމެންޓް