އަނެއްކާވެސް ޓްވީޓްތަކެއްގެ މައްސަލާގައި މަހޫލުފު ޕޮލިހަށް ހާޒިރުވާން އަންގައިފި

މަޖިލީހުގެ ގޯތިތެރޭގައި މަހުލޫފު މިއަދު ހަރަކާތްތެރިވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ކުރެއްވި ޓްވީޓަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކޮށް ބަޔާން ނެގުމަށް ފަހު އެހެން ޓްވީޓް ތަކަކާ ގުޅިގެން މާދަމާ އަނެއްކާވެސް ފުލުހަށް ހާޒިރުވާން ޗިޓު ހަވާލުކޮށްފި އެވެ.

މިއަދު މަހުލޫފު ފުލުހަށް ހާޒިރު ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ކުރި ޓްވީޓަކާ ގުޅިގެންނެވެ.

މާދަމާ 14:30 އަށް މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގީ ހަމަ އެ މައްސަލައިގެ ތަހުގީގަށެވެ. އަދި މާދަމާ ފަހެއް ޖަހާއިރު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު މަހުލޫފު ކުރެއްވި ޓްވީޓަކާ ގުޅިގެން ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ވަނީ ބުނެފަ އެވެ.

މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގީ މާދަމާ ބާއްވާ އެއްވުމަށް ދިއުން ހުއްޓުވުމަށް ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން އަވަށްޓެރި ސްރީލަންކާގައި ހުންނެވުމަށްފަހު މަހުލޫފު ރާއްޖެ ވަޑައިގަތީ މިދިޔަ ޖެނުއަރީ މަހު 31 ވަނަ ދުވަހުއެވެ.

comment ކޮމެންޓް