ޝާހީ ކައިވެނީގައި ޕާފޯމް ކުރާނީ އެޑް ޝީރަން؟

މި އަހަރުގެ އެންމެ ބޮޑު އެއް އިވެންޓަކަށް ވާނީ ޕްރިންސް ހެރީއާއި މޭގަން މާކަލްގެ ކައިވެންޏެވެ.

މިއަހަރުގެ މެއިމަހުގެ 19ގައި ކުރާ މިކައިވެނީގެ އިތުރު މައުލޫމާތުގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބޭނެއެވެ.

ޕްރިންސް ހެރީ،33، އާއި ހޮލީވުޑްގެ ކުޅަދާނަ ބަތަލާ މޭގަން މާކަލް،36، ރަސްމީކޮށް އެންޖޭގްވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. މިހާރު އާންމުވެފައިވާ މައުލޫމާތު ތަކަށް ބަލާއިރު ދެބޭފުޅުން ކައިވެނި ކުރައްވާނީ ސެއިންޓް ޖޯޖުގެވިންޑްސާ ކާސްލްގައެވެ. ކައިވެންޏަށް ފަހު ޕްރިންސް ހެރީގެ ދެކަނބަލުން ދިރިއުޅުއްވާނީ ކެންސިންޓަން ޕެލެސްގައި ހުންނަ ނޮޓިންހަމް ކޮޓެޖްގަ އެވެ.

މީގެ އިތުރު މައުލޫމާތުތަކަށް ބަލާއިރު އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން ޝާހީ ކައިވެނީގައި ޕާފޯމް ކުރުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އަށް ވަނީ ފުރުސަތު ދީފައެވެ. އެޑް ޝީރަން އަކީ ރޮމޭންޓިކް ލަވަތަކެއް ކިޔާފައިވާ، މިހާރު ހޮލީވުޑްގައި ހުރި އެއްވަނަ ލަވަކިޔުންތެރިޔާއެވެ.

ޝާހީ ކައިވެނީގެ ތާރީޚަކީ އެޑް ޝީރަންގެ ޑަބްލިން ގިގް އެއް އޮތް ތާރީޚެކެވެ. ޔޫއެސް ވީކްލީ އިން ރިޕޯޓްކޮށްފައިވާގޮތުން އެޑް ޝީރަން އަށް ޝާހީ ކައިވެނީގައި ޕާފޯމް ކުރުމުގެ ފުރުސަތު ދެއްވީ ޕްރިންސް ހެރީއެވެ.

comment ކޮމެންޓް