ބްރަހްމަޝްތުރާގެ ޝޫޓިންއަށް އާލިއާ އާއި ރަންބީރު ބަލްގޭރިއާއަށް!

އާލިއާ އަދި ރަންބީރު ފއެއްކޮށް ފިލްމެއްގައި ހަރަކާތްތެރިވަނީ---

މަޝްހޫރު ބަތަލާ އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު އެކުގައި ފެންނަ އެންމެ ފުރަތަމަ ފިލްމު "ބްރަހަމަޝްތުރާ"ގެ ޝޫޓިންއަށް ބަލްގޭރިއާ އަށް ގޮސްފިއެވެ.

އަޔާން މުކަރްޖީ ޑައިރެކްޓްކުރާ އެ ފިލްމުގެ ގިނަ މަންޒަރުތައް ބަލްގޭރިއާގައި ނެގުމަށް ހަމަޖެހިފައިވާއިރު އެ ފިލްމަކީ ތިން ފިލްމުގެ ސީރީޒްއެއްގެ ގޮތުގައި އުފައްދާ ފިލްމެކެވެ.

ރަންބީރާއި އާލިއާ ބަލްގޭރިއާ އަށް ޝޫޓިންއަށް އެ ދިޔައީ އެ ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ހަބަރު މީޑިއާ ތަކުން ފަތުރަމުން އަންނަ ދުވަސްކޮޅެއްގައެވެ.

އެ ފިލްމަކީ އެޑްވެންޗަރަސް ފިލްމެކެވެ. "ބްރަހްމަޝްތުރާ" އަކީ ބެލުންތެރިންނަށް ކަމުދާ އަދި ގިނަ ބައެއްގެ ތައުރީފު ލިބޭނެ ފިލްމަކަށްވާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

އެ ފިލްމަކީ ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ކުންފުނި ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ އެންމެ އަގުބޮޑު ފިލްމު ވެސް މެއެވެ.

comment ކޮމެންޓް