ސްޓެލްކޯގެ ސަބް ސްޓޭޝަން ފޮއްޓެއްގައި ރޯކޮށްލައިފި

ޑިސްޓްރިބިއުޝަން ބޮކްސްގައި ރޯކޮށްލާފައި --

މާލެއަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯ އިން ބޭނުންކުރާ ސަބްސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލައިފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ރޯކޮށްލާފައި ވަނީ ފާށަނާކިލެގެ މަގުގައި (ބާ އިންޖީނުގެ ހުރި މަގުގައި) ހުރި ސަންސްޓޭޝަން 50ގައި ކަމަށެވެ. އަލިފާން ރޯކޮށްލާފައި ވަނީ ރޭ ފަތިހު 4:30 އެހާކަންހާއިރު ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ފުލުހުން ބުނީ ސްޓެލްކޯގެ ޑިސްޓްރިބިުޝަން ފޮއްޓެއްގައި ރޯކޮށްލި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ ފޮށީގައި ބަޔަކު ރޯކޮށްލީ ގަސްދުގައި ކަމަށް ބެލެވޭ ކަމަށެވެ.

ސްޓެކްލޯގެ މީޑިއާ އޮފިޝަލު ސަން އަށް ވިދާޅުވީ ރޯކޮށްލި ޑިސްޓްރިބިއުޝަން ފޮއްޓަކީ ހަތް ގެއަކަށް ކަރަންޓު ދިނުމަށް ބޭނުންކުރި ފޮއްޓެއް ކަމަށެވެ. އެ ފޮށިން ގާތްގަނޑަކަށް 60 މީޓަރަށް ކަރަންޓު ފޯރުކޮށްދޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނީ ސަބްޓޭޝަން ފޮއްޓަށް ލިބިފައިވާ ގެއްލުން ބަލަމުންދާ ކަމަށާއި ކަރަންޓް ކެނޑިފައިވާ ގެތަކަށް ކުރިއަށް އޮތް ހަތަރު ވަރަކަށް ގަޑި އިރުގެ ތެރޭގައި ކަރަންޓް ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޕެޝަލައިޒްޑް ޓީމެއް ވެސް މިހާރު ދަނީ މަސައްކަތް ކުރަމުން، ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ހިދުމަތް ފޯރުކޮށްދޭން." މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

comment ކޮމެންޓް