ބޭނުންވަނީ ޝާހްރުކް އާ އެކީ ފިލްމެއް ކުޅެލަން: ޕްރިޔާ

އޯރޫ އަދާރް ލަވް ފިލްމުގެ ލަވައިގެ މަންޒަރެއް---

އެންމެ ހަފްތާއެއްހާ ދުވަސްތެރޭ މީސް މީޑިއާގައި ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޕްރިޔާ ޕްރަކާޝްގެ ހުވަފެނެއް މީޑިއާ އާ ހިއްސާ ކޮށްފިއެވެ.

ޕްރިޔާ އާ ހަވާލާދީ ޑީއެންއޭ ނޫހުގައި ބުނީ ޕްރިޔާ، ބޮލީވުޑްގެ ބަތަލު ޝާހްރުކްހާން އާ އެކީ ފިލްމެއް ކުޅެން ބޭނުންވާ ކަމަށާއި ޝާހްގެ އިތުރުން ރަންވީރު ސިންހް އާ އެކީ މަސައްކަތްކޮށްލަން ބޭނުންވާ ކަމަށެވެ.

"ސިދާތް، ރަންވީރު އަދި ޝާހް އެއީ ޕްރިޔާއަށް އެންމެ ކަމުދާ ތިން ތަރިން. އަހަރެންގެ ހުވަފެނެއް އެއީ އެ ތަރިންނާ އެއްކޮށް މަސައްކަތް ކޮށްލުން،" އޭނާ ބުންޏެވެ.

ޕްރިޔާ ބުނީ އެ ލަވައިގެ ސަބަބުން މަޝްހޫރު ވެދާނެ ކަމަށް އުންމީދު ވެސް ނުކުރާ ކަމަށާއި ނަމަވެސް ބެލުންތެރިން އޭނާ ބަލައިގަތުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިއްޖެނަމަ ދޫކޮށް ނުލައި އޭގެ ބޭނުން ކުރާނެ ކަމަށް ވެސް ޕްރިޔާ ބުނެފައިވެއެވެ.

އެއް ދުވަހުގެ ތެރޭގައި އޭނާ އިންސްޓަގްރާމުގައި ފޮލޯކުރާ މީހުންގެ އަދަދު ވަނީ 2.9 މިލިއަނަށް އަރައިފައެވެ. ޕްރިޔާ ވަނީ މަޝްހޫރު ތަރިން ކަމުގައިވާ ކައިލީ ޖެނާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ފަހަތަށް ޖައްސާލުމަށްފަހު އިންސްޓަގްރާމްގެ އެންމެ ގިނަ ފޮލޮވާސް ހޯދާފައެވެ.

comment ކޮމެންޓް