ޗެމްޕިއަންސް ލީގުގައި އިނގިރޭސި ކްލަބުތަކަށް ކާމިޔާބު ރެއެއް

ޓޮޓެންހަމްގެ ދެވަނަ ގޯލް ޖެހި އެރިކްސަން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ މެޗުތައް ރޭ ފަށައިފައިވާއިރު، ރޭ ކުޅުނު ދެ މެޗުވެސް ނިމުނީ އިނގިރޭސި ސްޕޯޓަރުން އުފާކޮށްލައިފައެވެ.

ރޭގެ ފުރަތަމަ މެޗުގައި ވާދަކުރީ އިޓަލީގެ ގަދަ ބާރު ޔުވެންޓަސްއާއި އިނގިރޭސި ލީގުގެ ޓޮޓެންހަމްއެވެ. ރަށުން ބޭރުގައި ޓޮޓެންހަމްއިންވަނީ 2-2 ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށް ކުއާޓާ ފައިނަލްގެ އުންމީދު ބޮޑުކޮށްފައެވެ.

ޓޮޓެންހަމްގެ ފޯވަޑް ހެރީ ކޭންއާއި ޔުވެންޓަސް ކީޕަރ ޖީޖީ ބުފަން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ މިނެޓުގައި ޔުވެންޓަސްއިންވަނީ ލީޑު ނަގައިފައެވެ. ގޮންޒާލޯ ހިގުއައިންގެ ގޯލުން ޔުވެންޓަސް ލީޑު ނެގިއިރު، މެޗުގެ ނުވަނަ ވަނަ މިނެޓުގައި ހިގުއައިންގެ ދެވަނަ ގޯލާއެކު ޔުވެންޓަސްއިންވަނީ ލީޑު ފުޅާކޮށްފައެވެ. ހިގުއައިންގެ ދެވަނަ ގޯލަކީ ލިބުނު ޕެނެލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ޔުވެންޓަސްއިން ދެ ގޯލްގެ ލީޑެއް ނެގިނަމަވެސް މެޗުގެ 35 ވަނަ މިނެޓުގައި ހެރީ ކޭންވަނީ ޓޮޓެންހަމްއަށް ގޯލް ޖަހައިދީ އުންމީދު އާކޮށްދީފައެވެ. ކޭންގެ ގޯލަށްފަހު ވަރުގަދައަށް ކުޅުނު ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 71 ވަނަ މިނެޓުގައެވެ. އެ ގޯލް ޓޮޓެންހަމްއަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކްރިސްޓިއަން އެރިކްސަންއެވެ.

ޓޮޓެންހަމްގެ ދެވަނަ ގޯލް ޖެހި އެރިކްސަން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ސިޓީއިން ރަށުން ބޭރުގައި ކުޅުނު މެޗުގައި ބާސަލްގެ މައްޗަަށް ކުރި ހޯދީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ސިޓީގެ ފަރާތުން ޑޮމިނެންޓް ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުންވަނީ މެޗުގެ 14 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގައިފައެވެ. ގުންޑަގަންގެ ގޯލާއެކު ސިޓީން ލީޑު ނަގައިފައިވާއިރު، އޭނާވަނީ މެޗުގައި ދެ ގޯލް ކާމިޔާބުކޮށްފައެވެ.

ސިޓީގެ ދެ ގޯލް ކާމިޔާބުކޮށްދިން އިކޭ ގުންޑަގަން --- ފޮޓޯ/ އޭޕީ

ގުންޑަގަންގެ އިތުރުން ސިޓީގެ ގޯލްތައް ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއޭރޯ އަދި ބަރނާޑޯ ސިލްވާއެވެ.

ރޭ ކުޅުނު ދެ މެޗުގެވެސް ދެވަނަ ލެގު އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހުއެވެ.

comment ކޮމެންޓް