އެންމެންގެ ނަޒަރު މިކުއްޖާއަށް، މުޅި ސޯޝަލް މީޑިއާގައިވެސް މިކުއްޖާ!

އޯރޫ އަދާރް ލަވް ފިލްމުގެ ލަވައިގެ މަންޒަރެއް---

މި ހަފްތާ ނިމިގެން މި ދަނީ މީސް މީޑިއާ ވަރަށް ހަލަބޮލިކޮށެވެ. މުޅި ނިއުސް ފީޑުގައި ހެން މި އަންހެންް ކުއްޖާގެ ވީޑިއޯއެވެ. ނުވަތަ އެކި ގޮތްގޮތަށް ބޭނުންކޮށްފައިވާ އެ އަންހެން ކުއްޖާގެ މީމްސް އެވެ.

"އޯރޫ އާދާރް ލަވް" ކިޔާ މަލަޔާލަމް ފިލްމެއްގެ ލަވައެއްގެ ތަންކޮޅެއް މީސް މީޑިއާއަށް އަޕްލޯޑް ކޮށްލުމުން މުޅި މީސް މީޑިއާ ވެސް ހަލަބޮލިވެގެން ދިޔައެވެ. ވީޑިއޯގައި ފެނިގެންދަނީ ޒުވާން ފިރިހެން ކުއްޖަކު އަންހެން ކުއްޖަކާ ދިމާއަށް ބަލާމުމަށްފަހު އެއް ބުމަ އަރުވާލާ މަންޒަރެވެ. ފިރިހެން ކުއްޖާ އެއްބުމަ އަރުވާލުމާއެކުހެން އަންހެން ކުއްޖާ އޭގެ ރައްދުގައި ދެ ބުމަ އަރުވާލައެވެ. އެއަށް ރައްދު ދިނުމުގެ ގޮތުން ފިރިހެން ކުއްޖާ ދެ ބުމަ އަރުވާލައެވެ. ދެން މި އަންހެން ކުއްޖާ މަރާލަނީ އެއްލޮލެވެ. ދެން ފެނުނީ ފިރިހެން ކުއްޖާ ލަދުން މޯޅިވި މަންޒަރެވެ.

ފިލްމުގައި ހަރަކާތްތެރިވާ އަންހެން ކުއްޖާ ޕްރިޔާ ޕްރަކާޝްގެ ރީތި ހިނިތުންވުން އެ ކުޑަ ވީޑިއޯ ކޮޅުން ވެސް ފެނިގެން ދިޔައެވެ. "ހައި ސުކޫލް ލަވް ސްޓޯރީ" އެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމުގެ އެ ލަވައަށް ޔޫޓީއުބްގައި ވެސް ވަރަށް ވިއުސް ގިނައެވެ. މި ލަވައަށް މިހާތަނަށް 14 މިލިއަން ވިއުސް ވަނީ ލިބިފައެވެ.

މި ލަވަ އާ އެކީ "އޯރޫ އަދާރް ލަވް" ފިލްމު ވެގެންދާނީ ބެލުންތެރިންނަށް ކަމުދާ ކާމިޔާބު ފިލްމަކަށް ކަމަށް މި ވަނީ ބެލެވިފައެވެ. އެ ފިލްމަކީ އަންހެން ކުއްޖާގެ ފުރަތަމަ ފިލްމު ވެސް މެއެވެ.

ޕްރިޔާ ޕްރަކާޝްއަށް އިންސްޓަގްރާމްގައި ފޮލޯ ކުރާ މީހުންގެ އަދަދު ވަނީ 2.3 މިލިއަން އަށް އަރާފައެވެ. އެއް ދުވަހުން އެންމެ ގިނައިން ފޮލޯ ކުރި ތަރިއަކަށް އޭނާ ވަނީ މިހާރު ވެފައެވެ. ޕްރިޔާ ވަނީ މަޝްހޫރު ތަރިން ކަމުގައިވާ ކައިލީ ޖެނާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ފަހަތަށް ޖައްސާލުމަށްފަހު އިންސްޓަގްރާމްގެ އެންމެ ގިނަ ފޮލޮވާސް ހޯދާފައެވެ. ޓްވިޓާގައި ވެސް ޕްރިޔާގެ ލަވަ މިހާރު އާންމުވެފައިވާއިރު އޭނާގެ އެ ލަވައަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

ގިނަ ބަޔަކު އޭނާގެ ޖާދޫގައި ޖެހިފައިވާއިރު އޭނާ އަކީ މިހާރު އާންމުންގެ ވަރަށް ބޮޑު ފޭނެކެވެ.

comment ކޮމެންޓް