ކިކް 2ގެ ބަތަލާ އަކަށް އަމީ ޖެކްސަން ހަމަޖައްސައިފި

ކިކް 2 ގައި ހަރަކާތްތެރިވާ ދެ ލީޑް ތަރިން----

ސާޖިދު ނަދިޔާދުވާލާ ފިލްމު ކިކް 2ގެ އަންހެން ބަތަލާ އަކަށް އަމީ ޖެކްސަން ހަމަޖައްސައިފި އެވެ.

ކުޅަދާނަ ބަތަލާ ސަލްމާން ހާން އަދި ޖެކްލީން ފެނާންޑޭޒް ހަރަކާތްތެރިވި "ކިކް" އަށް ފަހު އެ ފިލްމުގެ ދެ ވަނަ ބައެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ޓީމުން ބުނެ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ސަލްމާން ކާމިޔާބު ފިލްމު، 'ކިކް'ގައި ޖެކްލީން ހަރަކާތްތެރިވި ނަމަވެސް ކިކް 2ގައި ޖެކްލީންގެ ބަދަލުގައި ސަލްމާން އާ އެއްކޮށް ފެނިގެންދާނީ އަމީ ޖެކްސަން އެވެ.

ފިލްމުގެ ޕްރޮޑިއުސަރު ބުނީ ވީހާ ވެސް ބޮޑަށް ކުރިއަރަމުން އަންނަ ކުދިންނަށް ފުރުސަތު ދޭން ބޭނުންވާ ކަމަށާއި އެގޮތުން އަމީ އަކީ ހުނަރު ހުރި ކުރިއަރަމުން އަންނަ ތަރިއެއް ކަމަށެވެ. އަމީގެ އެކްޓިން އާ މެދު ސުވާލެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފިލްމު ރިލީޒް ކުރާނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

'ކިކް 2' އަކީ ފުރަތަމަ ފިލްމުގެ ސީކުއެލް އަކަށް ވާއިރު، ދެވަނަ ބައި ކުރިއަށް ގެންދާނީ ފުރަތަމަ ފިލްމު ނިމުނު ހިސާބުންނެވެ.

ފިލްމުގައި ވަރަށް ގިނަ އެކްޝަން މަންޒަރުތަކާއި ސްޓަންޓުތައް ހިމެނޭނެ އެވެ.

މައުލޫމާތު: ފިލްމް ފެއާ

comment ކޮމެންޓް