މެޑަމް ފާތުންގެ ޓްވިޓާ އެކައުންޓާއެކު ޕީޕީއެމްގެ ގިނަ ބައެއްގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި

ރައީސް ޔާމީންގެ ރަސްމީ ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ރަސްމީ ޓްވިޓާ އެކައުންޓާއި ޕީޕީއެމްގެ އެކްޓިވިސްޓުންގެ ޓްވިޓާ އެކައުންޓްގެ އިތުރުން ޕީޕީއެމް އާއި ރައީސް ޔާމިން ޕްރޮމޯޓްކުރާ ގިނަ ޓްވިޓާ އެކައުންޓްތަކެއް ސަސްޕެންޓް ކޮށްފިއެވެ.

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރަކު "ސަން" އަށް މިރޭ ވިދާޅުވީ، މީގެ ކުރިންވެސް ޕީޕީއެމްގެ އެކައުންޓްތަކަށް އެފަދަ އެޓޭކްތައް އަންނަ ކަމަށެވެ. ނަމަވެސް މިފަހަރު އެ ޕާޓީގެ މުހިއްމު ގިނަ ބައެއްގެ ޓްވިޓާ އެކައުންޓްތައް ސަސްޕެންޑް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަސްޕެންޑް ކޮށްފައިވާ އެކައުޓްތައް ރިކަވާ ކުރުމުގެ މަސައްކަތް އެ ޕާޓިއިން ކުރަމުން އަންނަ ކަމަށެވެ.

ރައީސް ޔާމީނާއި މެޑަމް ފާތުން ޕްރޮމޯޓްކުރާ އެންމެ ބޮޑު ދެ އެކައުންޓް ކަމަށްވާ "އަސުރުމާ" އަދި "އަމާޒޭ ޔަގީން" ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

comment ކޮމެންޓް