Last Updated: 6 year 2 month ago

އޭއެފްސީ ކަޕް (ފުލްޓައިމް): ޓީސީ 2-3 ބެންގަލޫރު

  • ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދީ ޓީސީން
  • ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއް ޖެހިފައެއް ނުވޭ
ބުލޮގު ޚުލާސާ

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ކުޅޭ އެ މެޗަށް ޓީސީއާއި ބެންގަލޫރު ނުކުންނަ އިރު:

  • ޓީސީން ޕްލޭ އޯފްގެ ޖާގައެއް ހޯދީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބުގެ މައްޗަށް ކުރި ހޯދައިގެން. ބަނގުލަދޭޝް އަދި ރާއްޖޭގައި ކުޅުނު މެޗުވެސް ޓީސީން ވަނީ ކާމިޔާބުކޮށްފައި.
  • ބެންގަލޫރުން ޕްލޭ އޯފްގެ ޖާގައެއް ހޯދީ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑްގެ މައްޗަށް އެގްރިގޭޓުން ކުރި ހޯދައިގެން. ބޫޓާންގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު ނަމަވެސް، އިންޑިއާގައި ކުޅުނު މެޗު ބެންގަލޫރުން ވަނީ ކާމިޔާބުކޮށްފައި.
  • ޕްލޭ އޯފްގެ ދެ ލެގަށްފަހު އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގެ ޖާގައެއް ލިބޭނެ. އެގްރިގޭޓުން ކުރި ހޯދާ ޓީމެއް ގްރޫޕް ސްޓޭޖުގައި ބައްދަލުކުރަން ޖެހޭނީ އިންޑިއާގެ އައިޒޯލްއާއި، ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ބަނގުލަދޭޝްގެ ދާކާ އަބަހާނީއާ.
  • ޓީސީއާއި ބެންގަލޫރު ބައްދަލުކުރާ ޕްލޭ އޯފްގެ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އިންޑިއާގައި.

22:51

މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-2ގެ ނަތީޖާއަކުން ރަށުން ބޭރުގައި ކުޅެމުންދިޔަ އިންޑިއާގެ ބެންގަލޫރު އެފްސީ.

22:49

ޓީސީއަށް ފުރުސަތެއް. ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޭދޫ އިއްބެ ފޮނުވާލި ހަމަލާ ބްލޮކްވެގެންދިޔަ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން އާރީ ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފައި.

22:47

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

22:46

'89- ޓީސީގެ ފޭދޫ އިއްބެއަށް ހުސް ފުރުސަތެއް. ސައްޓު ދިން ބޯޅައަކުން ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

22:44

'87- ޓީސީއަށް އިތުރު ފުރުސަތެއް. އެނަޓޯލީ ދިން ބޯޅައަކުން ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ، އާރީ ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު އަތަށް.

22:43

'85- ޓީސީއަށް ހުސް ފުރުސަތެއް. އިއްބެ ނަގައިދިން ހުރަހަކުން ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، އާރީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ބެންގަލޫރު ކީޕަރާ ދިމާލަށް.

22:41

'84- ޓީސީގެ އެނަޓޯލީ ފޮނުވާލި ބާރު ހިލޭ ޖެހުން، ބެންގަލޫރުގެ ކީޕަރު ދިފާއުކޮށްފި.

22:38

'81- ޓީސީއަށް ފުރުސަތެއް. އާރީ ދިން ބޯޅައަކުން ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެ ފުންނާބުން ފޮނުވާލި ބޯޅަ، ބެންގަލޫރުގެ ކީޕަރު ވަނީ ހޯދާފައި.

22:35

ބެންގަލޫރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ހައޮކިޕް ތަންގްކޮސިއެމް. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން. އެ ހަމަލާ ދިފާއުކުރުމަށް ޓީސީގެ ކީޕަރު ނަދީމް މަސައްކަތްކުރި.

22:34

'77- ބެންގަލޫރުން އަލުން ލީޑު ހޯދައިފި.

22:32

ޓީސީން ބަދަލެއް. ސާމިރުގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު އާރިފް (އާރީ).

22:30

ޓީސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ). އޭނާ އެ ލަނޑު ކާމިޔާބުކުރީ ބެންގަލޫރުގެ ޑިފެންޑަރުން އަތުން އެނަޓޯލީ ހޯދި ބޯޅައަކުން. ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޭދޫ އިއްބެ ވަނީ ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައި.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
22:29

'72- ޓީސީން ނަތީޖާ ހަމަހަމަކޮށްފި.

22:28

ފޭދޫ އިއްބެ ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ މިޑްފީލްޑަރު އެނަޓޯލީ. ބެންގަލޫރު ޕެނަލްޓީ އޭރިއާ ތެރެއިން އެނަޓޯލީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ކަނަށް.

22:28

'70- ޓީސީން ލަނޑެއް ޖަހައި، ބެންގަލޫރުން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފި.

22:26

އެންޓޯނިއޯ ޑޮވާލޭ ނަގައިދިން ކޯނަރަކުން ބެންގަލޫރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެރިކް ޕާޓަލޫ. ބެންގަލޫރުގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައި މިވަނީ އެޓީމަށް ލިބުނު ކޯނަރެއްގެ ތެރެއިން.

22:26

'69- ބެންގަލޫރުން ލީޑު ފުޅާކޮށްފި.

22:24

'67- ބެންގަލޫރުގެ ފަހު ބަދަލު. ކުޅެން ނުކުތީ ލާލްލިމްޕުއާ ޑެނިއަލް.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
22:20

'63- އުދަންތާއަށް ޓީސީގެ މުރުތަލާ ކުރި ފައުލަކާ ގުޅިގެން ޓީސީގެ ހާފްގެ ތެރެއިން ބެންގަލޫރަށް ހިލޭ ޖެހުމެއް. ހިލޭ ޖެހުމުން ޓޯނީ ނަގައިދިން ހުރަސް، ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކަލެއް ނުވި.

22:19

'62- ސާމިރުގެ ނަގައިދިން ހުރަސް، ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއިން ސައްޓުއަށް ރަނގަޅަށް ކޮންޓްރޯލެއް ނުކުރެވުނު.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
22:17

'61- ބެންގަލޫރުން ބަދަލެއް. ބޮއިންތަންގުގެ ބަދަލުގައި ކުޅެން ނުކުތީ އުދަންތާ ސިންހް ކުމާމް.

22:13 މުޙައްމަދު ޝަމްޢޫން ގައުމީ ފުޓްބޯޅަ ދަނޑު

ޓީސީގެ އަހްމަދު އާރިފް (އާރީ) ކުޅެން ނުކުތުމަށް ދަނީ ވޯމްއަޕް ކުރަމުން. ޕްރިލިމިނަރީ ބުރުގައި ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ދެކޮޅަށް ކުޅުނު ދެވަނަ ލެގު މެޗުގައިވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ، އާރީ ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައި. މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އާރީ ފެނިގެންދިޔައީ އއ. މާޅޮސް ޓީމުން.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
22:12 މުޙައްމަދު ޝަމްޢޫން ގައުމީ ފުޓްބޯޅަ ދަނޑު

ދަނޑުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކޮށްފައިވާކަން ފާހަގަކޮށްލެވޭ.

22:08

އެންޓޯނިއޯ ޑޮވާލޭ ނަގައިދިން ކޯނަރަކުން ބެންގަލޫރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހައޮކިޕް ތަންގްކޮސިއެމް. އެ ބޯޅަ ދިފާއުކުރުމަށް ޕެނަލްޓީ އޭރިއާ ތެރެއިން ޓީސީގެ އެނަޓޯލީ މަސައްކަތްކުރި. ތަންގްކޮސިއެމް އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުން. ޓީސީގެ ޑިފެންޑަރުންނަށް އޭނާ އެންމެ ރަނގަޅަށް މާކު ކުރެވިފައެއް ނުވޭ.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
22:08

'51- ބެންގަލޫރުން ލީޑު ހޯދައިފި.

22:04

"47- ޓީސީއަށް ބެންގަލޫރު ހާފްގެ މެދެއްހާ ހިސާބުން ހިލޭ ޖެހުމެއް.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
22:03

"46- ޓީސީއަށް ރަނގަޅު ފުރުސަތެއް. މަހުދީ ބޯޅަ ހިފައިގެން ބެންގަލޫރު އެފްސީ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ މަސައްކަތްކުރީ އެނަޓޯލީއަށް ދިނުމަށް. ނަމަވެސް އޭނާއަށް ރަނގަޅަށް ދެވޭ ގޮތެއް ނުވި.

22:02

ދެވަނަ ހާފްގެ ކުޅުން ފަށައިފި.

22:02

ދެވަނަ ހާފްގެ ކުޅުން ފަށަނީ ޓީސީން

22:01

ދެވަނަ ހާފްގެ ކުޅުން ފެށުމަށް ދެޓީމު ކުޅުންތެރީން ދަނޑަށް އަރައިފި.

21:47

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން.

21:45

ބެންގަލޫރުގެ ނުރައްކާތެރި ހަމަލާއެއް. ކޯނަރަކުން ލިބުނު ބޯޅައައަކުން ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ސުބާސިޝް ބޯސް ފޮނުވާލި ހަމަލާ، ވްލާސިޗޭވް އެނަޓޯލީ ވަނީ ދިފާއުކޮށްފައި.

21:45

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
21:42

'43- ޓީސީގެ ފޭދޫ އިއްބެއަށް އިތުރު ފުރުސަތެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިއްބެ ދިން ބޯޅައަކުން ފޭދޫ އިއްބެ ފޮނުވާލި ހަމަލާގައި ބާރެއް ނެތް. ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ، ބެންގަލޫރުގެ ކީޕަރު ވަނީ ފަސޭހަކަމާއެކު ހޯދާފައި.

21:41

'41- ސައްޓުގެ ހަމަލާއެއް. ބެންގަލޫރުގެ ކީޕަރު ކުރިއަށް ނުކުމެ ހުރުމާއެކު، ޕެނަލްޓީ އޭރިއާ ބޭރުން ސައްޓު ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
21:40

'40- ޓީސީއަށް ރަނގަޅު ފުރުސަތެއް. އިއްބެ ދިން ބޯޅައަކުން ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޭދޫ އިއްބެ ފޮނުވާލި ހަމަލާގައި ބާރެއް ނެތް. އެ ހަމަލާ، ބެންގަލޫރުގެ ކީޕަރު ވަނީ ފަސޭހަކަމާއެކު ހޯދާފައި.

21:36

'36- ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ބޭރުން ސައްޓު ފޮނުވާލި ހަމަލާ، ޑިފެންޑަރެއް ގައިގައި ޖެހި ބްލޮކްވުމުން، ބެންގަލޫރުގެ ކީޕަރު ވަނީ އެ ބޯޅަ ހޯދާފައި.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
21:33

ބެންގަލޫރުން ކުޅެނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން. އެޓޭކުތަކުގައިވެސް އެޓީމުން ބޭނުންކުރަމުންދަނީ މަދު ކުޅުންތެރިންތަކެއް.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
21:30

ޕްރިލިމިނަރީ ބުރުގައި ޓީސީގެ އެންމެ ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔައީ އެޓީމުގެ ބިދޭސީ މިޑްފީލްޑަރު ވްލާސިޗޭވް އެނަޓޯލީ. އޭނާއަކީ މިސީޒަނުގައި ޓީސީއާ އަލަށް ގުޅުނު ކުޅުންތެރިއެއް. ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގު މެޗުގައި އޭނާ ލަނޑެއް ކާމިޔާބުކުރި އިރު، ދެވަނަ ލެގު މެޗުގައި ހެޓްރިކެއް ފުރިހަމަކުރި.

21:27

ބެންގަލޫރު އެފްސީން ބަދަލެއް. ކުޅެން ނުކުތީ ރާހޫލް ބެކޭ.

21:26
އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭއެފްސީ ކަޕް ޕްލޭ އޯފްގެ ފުރަތަމަ ލެގުގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުތް ޓީސީގެ ފުރަތަމަ 11 --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭއެފްސީ ކަޕް ޕްލޭ އޯފްގެ ފުރަތަމަ ލެގުގައި ޓީސީއާ ދެކޮޅަށް ނުކުތް ބެންގަލޫރުގެ ފުރަތަމަ 11 --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
21:21

'21- ބެންގަލޫރުގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ޕެނަލްޓީ އޭރިއާ ބޭރުން ފޭދޫ އިއްބެ ފޮނުވާލި ހަމަލާ، ގޯލާ އަމާޒެއްނުވި.

21:16

'16- ޓީސީގެ ނުރައްކާތެރި ހަމަލާއެއް. ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ބޭރުން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

21:14

'14- އެންޓޯނިއޯ ޑޮވާލޭ ފޮނުވާލި ހިލޭ ޖެހުން ޓީސީގެ ގޯލާ އަމާޒެއް ނުވި.

21:13

'13- ބެންޖޯ ކުރި ފައުލަކާ ގުޅިގެން ނުރައްކާތެރި ހިސާބަކުން ބެންގަލޫރަށް ހިލޭ ޖެހުމެއް ލިބިއްޖެ.

21:08 މުޙައްމަދު ޝަމްޢޫން

މިމެޗަށް ޓީސީން ނެރުނު ފުރަތަމަ 11އަކީ ކުރިން ޕްރިލިމިނަރީ ބުރުގައި ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ދެކޮޅަށް ކުޅުނު ދެވަނަ ލެގު މެޗުގައިވެސް ނެރުނު ފުރަތަަމަ 11.

21:03

'3- ޓީސީގެ ނުރައްކާތެރި ކުޅުމެއް. ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޭދޫ އިއްބެ ޖައްސާލި ބޯޅަ، ޑިފެންޑަރެއްގެ ފައިގައި ޖެހި ބްލޮކްވުމުން ބެންގަލޫރުގެ ކީޕަރު ވަނީ ފަސޭހަކަމާއެކު ހޯދާފައި.

21:01

މިމެޗަށް އިންޑިއާ ގައުމީ ޓީމު އަދި ބެންގަލޫރުގެ އެންމެ މުހިންމު ކުޅުންތެރިޔާ ސުނިލް ޗުތުރީ ރާއްޖެ އައިސްފައެއް ނުވޭ. މެޗަށް ބެންގަލޫރު ނުކުތީ ގިނަ ބަދަލުތަކަކާއެކު.

21:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ބެންގަލޫރުން.

20:46

ބެންގަލޫރުގެ ފުރަތަމަ 11:

  • ލަލްތުއައްމަވިއާ ރަލްޓޭ - ގޯލްކީޕަރު / ކެޕްޓަން
  • ޒޮހްމިންގްލިއާނާ ރަލްޓޭ
  • ހަރްމަނަންޖޯތު ސިންހް ކަބްރާ
  • ސުބާސިޝް ބޯސް
  • އެރިކް ޕާޓަލޫ
  • ބޮއިތަންގް ހައޮކިޕް
  • ހައޮކިޕް ތަންގްކޮސިއެމް
  • އެންޓޯނިއޯ ޑޮވާލޭ
  • އަލްވީން ޖޯޖް
  • ނިޝޫ ކުމާރް
  • މަލްސޯމްޒުއާލާ
20:40

ޓީސީގެ ފުރަތަމަ 11:

  • އިބްރާހިމް ނަދީމް އާދަމް - ގޯލްކީޕަރު
  • އަލާއެލްޑިން ނަސްރު އެލްމަގްރަބީ
  • އަބްދުﷲ ހަނީފް (ބެންޖޯ)
  • މުރުތަލާ އަދުނާން
  • އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)
  • އިބްރާހިމް ވަހީދު ހަސަން (އިއްބެ)
  • މުހައްމަދު ސާމިރު
  • ފައްރާހް އަހްމަދު (ފައްރަ) - ކެޕްޓަން
  • އިޝާން އިބްރާހިމް (ސައްޓު)
  • އަހްމަދު ރިލްވާން
  • ވްލާސިޗޭވް އެނަޓޯލީ