ރާއްޖެއަށް އެތެރެކުރަން އުޅުނު ޕާޓީ ޑުރަގްތަކެއް އަތުލައިގަނެ ބަނގުލަދޭޝް މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް ޕާޓީ ޑުރަގްސްގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ، އެމްޕެޓަމައިން ގުޅަތަކެއް ހޯދައި، އެކަމާ ގުޅުންހުރި ބަނގުލަދޭޝް މީހަކު ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، އެތަކެތި ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބަނގުލަދޭޝް އިން ރާއްޖެއައި 23 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން އިތުރަށް ބަލައި ފާސްކުރުމުން، އޭނާގެ ލަގެޖު ތެރޭގައި ހުރި ދަތް އުނގުޅާ ޕައުންޑަރު ފުޅިތަކެއްގެ ތެރެއިން ކަަމަށެވެ.

ލަގަޖުން ފެނުނު ތިން ފުޅީގެ ތެރޭގައި ޖުމްލަ 302 އެމްފެޓަމައިން ގުޅަ ވަނީ ފެނިފައެވެ.

ކަސްޓަމްސް އިން ބުނީ، އެތަަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމައިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަދި އެ ތަކެތި އެތެރެކުރަން އުޅުނު މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އެ މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް