ހުއްދަ ނެތް ބަޔަކު އުމްރާއަށް މީހުން ގެންދަން ފައިސާ ނަގަމުންދޭ، ސަމާލުވުމަށް ގޮވާލައިފި

އުމުރާގެ އަޅުކަމަށް ދިވެހިންތަކެއް ކުރަނީ-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ރާއްޖެ އިން މި އަހަރު އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ލިބިފައި ނުވާ ކުންފުނިތަކުން، އުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނަގާ ކަމަށާއި ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަންނަ އަހަރު މީހުން އުމްރާއަށް ގެންދިޔުމަށް މިނިސްޓްރީން ހުއްދަ ދީފައިނުވާ ކުންފުނިތަކުން ފައިސާ ނަގަމުންދާ ކަމަށެވެ.

"މި މިނިސްޓްރީން ހުއްދަ ދީފައިނުވާ ކުންފުނިތަކުގެ ހަވާލުގައި ޢުމްރާއަށް ދިޔުމަކީ ޢުމްރާވެރިންނަށް ވަރަށް ގިނަ ތަފާތު ދަތިތަކާ ކުރިމަތިވެދާނެ ކަމެއް ކަމަށް ވާތީ، އެއްވެސް ކުންފުންޏަކުން ހުއްދަ ނެތި ޢުމްރާއަށް މީހުން ނުގެންދިޔުމަށް އަންގަމެވެ." އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

އިސްލާމިކް މިނިސްޓްރީ އިން ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކަވާ އިރު، ފައިސާ ދައްކަވާ ކުންފުންޏަކީ މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުންޏެއްތޯ ކަށަވަރު ކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއިން މި އަހަރު އުމްރާއަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާ އެކު އިތުރު 15 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަދީފި އެވެ.

އިސްލާމިކް މިނިސްޓްރީން ހުއްދަ ދިން ކުންފުނިތަކަށް ދިން ހުއްދައިގެ ދަށުން މީހުން އުމްރާ އަށް ގެންދެވޭނީ އަންނަ އަހަރުގެ ޖަނަވަރީ 24 ވަނަ ދުވަހާ ހަމަ އަށެވެ.

comment ކޮމެންޓް