އައްޑޫ ލިންކު ރޯޑުގައި ބައިސްކަލަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހިތަދޫ ބޮޑުމަގުގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއްގެ ސްކްރީން ޝޮޓެއް ---

އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑްގައި ބައިސްކަލަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކްސިޑެންޓް ހިނގާފައި ވަނީ ހިތަދޫ ލިންކު ރޯޑުގެ ޕޮލިސް ޓްރެއިނިން ސްކޫލް އަޅަމުންދާ ސަރަހައްދުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެކްސިޑެންޓުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 9:50ގައި ކަމަށާއި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުން ކަމަށެވެ.

ހިތަދޫ ރީޖިނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ނަޖީބު "ސަން" އަށް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެފައިވާ ދެ މީހުންގެ ތެރެއިން އެކެއްގެ ބޮލަށް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް އޭނަގެ ހާލު މިވަގުތު ރަނގަޅު ކަމަށެވެ. އަދި ދެވަނަ މީހާގެ ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ދިއުން ފިޔަވައި އިތުރު އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް