ޕީޓާ ރެބިޓް އަންނަ ހުކުރު ދުވަހު ޝްވެކް ސިނަމާއަށް

ޕީޓާ ރެބިޓްގެ ޕޯސްޓަރެއް--

ކުޑަކުދިންގެ ފިލްމު ޕީޓާ ރެބިޓް އަންނަ ހުކުރު ދުވަހުގެ ހަވީރު ޝްވެކް ސިނަމާގައި ޕްރިމިއާ ކުރާނެއެވެ.

ވިލް ގްލަކް ޑައިރެކްޓްކޮށް އުފެއްދި ފިލްމުގައި ފެނިގެންދާނީ މުސަޅު (ރެބިޓް) ތަކެއްގެ ދިރިއުޅުމެވެ.

ޕީޓާ ރެބިޓް އަދި އޭނާގެ ތިން ދައްތައިން، މެކް ގްރޭގާގެ ތަރުކާރީ ބަގީޗާއެއްގައި އުފަލުގައި ދިރިއުޅެމުން ދަނިކޮށް އޭނާގެ އާއިލާގެ މީހެއް އެ ގޭގައި ދިރިއުޅެން އަންނަ ތަން ފެނިގެން ދެއެވެ. އަދި އެ މުސަޅުތައް އެގެއިން ފޮނުވާލުމަށް އެ މީހާ އެކި މަސައްކަތް ކުރާ ތަން ވެސް ފިލްމުން ފެނިގެންދާނެއެވެ.

ކުޑަކުދިންނަށް ކަމުދާ ގޮތަށް ތައްޔާރުކޮށްފައިވާ އެ ފިލްމަކީ ހެއްވާ މަޖާ އަދި އިބްރަތްތެރި ފިލާވަޅެއް ވެސް ލިބިގެންދާނެ ފިލްމެކެވެ.

comment ކޮމެންޓް