ބްލެކް ޕެންތާ އަންނަ ހުކުރު ދުވަހު ޝްވެކް ސިނަމާގައި

ބްލެކް ޕެންތާގެ ޕޯސްޓަރެއް---

މާވެލްއިން ފުރަތަމަ ފަހަރަށް އެމެރިކާގެ ކަޅު ނަސްލުގެ ތަރީން ހިމެނޭ ގޮތަށް އުފެއްދި ފިލްމު "ބްލެކް ޕެންތާ" އަންނަ ހުކުރު ދުވަހު (ފެބްރުއަރީ 16ގައި) ޝްވެކް ސިނަމާގައި ވެސް ޕްރިމިއާ ކުރުމަށް ހަމަޖެހިއްޖެއެވެ.

ރަޔާން ކުގްލާ ޑައިރެކްޓްކޮށްފައިވާ އެ ފިލްމް، ކްރިޓީކުންނަށް މިހާރު ދައްކާފައިވާއިރު އެ މީހުން އަންނަނީ އެ ފިލްމަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ.

ހޮލީވުޑްގައި ވެސް ބްލެކް ޕެންތާ ރިލީޒްކުރާނީ އެ ދުވަހު އެވެ.

ފިލްމުގެ ލީޑުގައި ހަރާކާތްތެރިވެފައިވަނީ ޗެޑްވިކް ބޯސްމެން، މައިކަލް ބީ ޖޯޑަން، ލުޕިތާ ޔޯންގޯ، މާޓިން ފްރީމެންގެ އިތުރުން ޑެނިއެލް ކަލުއްޔާ އެވެ. އަދި ފިލްމުގެ ލީޑުން ފެނިގެންދާ ބްލެކް ޕެންތާގެ ކެރެކްޓާ ޓީ ޗާލާ އަކީ ފިލްމުގެ އިސް ރޯލެއް އަދާ ކުރާ ތަރިއެކެވެ.

އޭނާގެ ފަރާތުން ފެނިގެންދާނީ މަރުވެފައިވާ ބައްޕަގެ ތަހުތަށް އެރުމަށް ގިނަ ހަރުފަތްތަކެއް ގިރާކޮށް ދުޝްމަނުންތަކެއް ބަލިކުރާތަނެވެ.

ބްލެކް ޕެންތާ އަކީ މުޖުތަމައަށް މުހިއްމު މެސެޖެއް ދޫކޮށްލާނެ ފިލްމެކެވެ.

comment ކޮމެންޓް