އިދިކޮޅުން ހުކުރު ދުވަހު ބާއްވާ ހަރަކާތުގައި ބައިވެރިވާން މާލެ ނައުމަށް ޕީޕީއެމުން ގޮވައިލައިފި

ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ(ކ) އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސަން މަނިކް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ފަރާތްތަކުން އަންން ހުކުރު ދުވަހު ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން މާލެ ނައުމަށް ސަރުކާރު ހިންގާ ޕީޕީއެމުން ގޮވާލައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނިއުސްކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ އެއްވުމުގައި ބައިވެރިވުމަށް އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން މާލެ ނައުމަށް ގޮވައިލައިފައެވެ.

ނިހާން ވިދާޅުވީ މީގެ ކުރިންވެސް އެފަދަ ކަންތައްތަކުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބިފައިވަނީ އާންމު ރައްޔިތުންނަށް ކަމަށެވެ. އަދި އެފަދަ ހާދިސާތަކުގައި ދިގު މުއްދަތެއްގެ ޖަލު ހުކުމް އައިސް އެއިން ސަލާމަތްނުވެގެން އުޅޭތަން މިހާރުވެސް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭގެ ނިއުސްކޮންފަރެންސްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އަންނަ ހުކުރު ދުވަހު ބާއްވާ އެއްވަުމުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކާ ކުރިމަތިލާންއުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މުޅި ދިވެހިގައުމުގެ ސަލާމަތާ ރައްކާތެރިަން ކަށަވަރުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިވެހިރާއްޖޭގެ ފުލުހުންނާ ސިފައިން. މިފަދަ މުހިންމު މުއައްސަސާޔަކާ ކުރިމަތިލާން ނިކުންނަން ބަޔަކު ރޭވުމަކީ ވަރަށް ކަންބޮޑުވން ޖެހޭކަމެއް. ދިވެހިރައްޔިތުންނަށް އަޅުގަނޑުމެން ޕާޓީގެ ފަރާތުން ދަންނަވަން ބޭނުންވަނީ އެއްވެސް ބޭފުޅަކު އެމަޅީގައި ނުޖެހޭށޭ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ހުކުރު ދުވަހުގެ އެއްވުމުގެ އަމާޒަކީ މިމަހުގެ އަށްވަނަ ދުވަހު ސަރުކާރު ވައްޓާލަން ކުރިވަރުގެ ހަރަކާތެއް ބޭއްވުމަށް ކަމަށެވެ. އަދި އައްޑޫ ސިޓީގައި ރޭ ބަޔަކު ހިންގި ހުޅުޖަހުމަކީ އޭގެ ނިޝާނެއް ކަމަށް ވެސް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

އަދުރޭ ވަނީ ރޭ އައްޑޫގައި ހުޅުޖެހުމުގައި ޝާމިލްވާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވައިލައްވައިފައެވެ.

ހުކުރުދުވަހު ބާއްވާ އެއްވުމަށް އަންނަން ތައްޔާރުވާ އޮޑިދޯނިފަހަރުގެ ވެރިންގެ ކޯލްތައް ދިވެހި ސިފައިންނާ ފުލުހުން ބަލާނެކަމަށާއި އަދި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދޭން އުޅޭ ހަމަލާތަކުގެ މަޅީގައި ނުޖެހުމަށް ޕީޕީއެމްގެ ސްޕޯކްސް ޕާޝަން އަލީ އާރިފް ވަނީ މިރޭ ގޮވާލައްވައިފައެވެ.

އަދި އެފަދަ އަމަލުތައް ކުރާ ފަރާތްތަކާ ގާނޫނު އަރާހަމަކުރާނެކަމަށް ވެސް އަލީ އާރިފް ވިދާޅުވެއެވެ.

comment ކޮމެންޓް