ސީރިއާގެ ބޯޑަރު ކައިރީގައި އިސްރާއިލުން މިސައިލް އަައްޑަނަތައް ރުކުރުވާލައިިފި

އިސްރާއިލުން ހިފައިފައިވާ ސީރިއާގެ ގޯލާންގެ އުސް ބިންތަކުގައި ހަތިޔާރުތައް ރުކުރުވާލައިފައި-- ފޮޓޯ: އޭއެފްޕީ

ތެލްއަވީވް (12 ފެބްރުއަރީ): ސީރިއާއާ އިސްރާއިލުގެ ބޯޑަރު ގުޅޭ ސަރަހައްދުގެ ކައިރިއަށް، އިސްރާއިލުން މިސައިލް އައްޑަނައިގެ ސިސްޓަމްތައް ރުކުރުވާލައިފިއެވެ.

އިސްރާއިލުން މިސައިލް އައްޑަނައިގެ ސިސްޓަމްތައް ރުކުރުވާލީ އެގައުމުގެ އެފް-16ގެ ހަނގުރާމަމަތީ ބޯޓެއް ސީރިއާއިން ވައްޓާލިތާ އެއްދުވަސް ފަހުންނެވެ.

އިސްރާއިލުގެ ދުވަހު ނޫހެއް ކަމަށްވާ ޖެރޫސަލަމް ޕޯސްޓުން ބުނީ މިސައިލް އައްޑަނައިގެ ސިސްޓަމްތައް ހިފައިގެން ޓްރަކްތައް އިސްރާއިލުގެ އުތުރަށް މިސްރާބު ޖަހަައިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އިސްރާއިލުގެ ސިފައިންގެ ބަހެއް ނުލިބުނު ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ސީރިއާއިން އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓު ވައްޓާލުމުން އިސްރާއިލުން ވަނީ ސީރިއާއަށް އިއްޔެ ވަރުގަދަ ހަމަލާތަކެއް ވެސް ދީފައެވެ.

ސީރިއާއިން އިސްރާއިލުގެ ބޯޓު ވައްޓާލީ ސީރިއާގެ ވައިގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަނުމުންނެވެ. އިސްރާއިލުން ބުނީ ސީރިއާގެ ވައިގެ ސަރަހައްދަށް ވަނީ އީިރާނުގެ ޑްރޯންއެއް އިސްރާއިލުގެ ވައިގެ ސަރަހައްދަށް ވަނުމުން ކަމަށެވެ.

އީިރާނުގެ އަސްކަރިއްޔާއިން ދަނީ ސީރިއާގެ އަސްކަރިއްޔާއަށް މަދަދު ދިނުމަށް އެގައުމުގައި ހަރަކާތްތެރިވަމުންނެވެ.

އީރާނުން ވަނީ އިސްރާއިލުގެ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.

އިސްރާއިލުން ލުބްނާނާ ދެކޮޅަށް 1982 ވަނަ އަހަރު ކުރި ހަނގުރާމައަށްފަހު، މިހާތަނަށް އެގައުމުގެ ބޯޓެއް ވައްޓާލެވިފައެއް ނުވެއެވެ. އެހެންކަމުން މިއީ ފަހުގެ ތާރީހެއްގައި އިސްރާއިލަށް ކުރިމަތިވި ވަރަށް ބޮޑު ލަދެކެވެ.

މަސްދަރު: ޕްރެސްޓީވީ

comment ކޮމެންޓް