ރާއްޖެ ޕްރޮމޯޓުކުރުމަށް މަޓާޓޯ މެދުއިރުމައްޗަށް

މަޓާޓޯއިން މެދުއިރުމަތީގައި ބާއްވަމުންދާ ރޯޑްޝޯތަކުގެ ތެރެއިން -- ފޮޓޯ/ މަޓާޓޯ

މެދުއިރުމަތީގައި ރާއްޖެ މާކެޓުކުރުމަށްޓަކައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ)އިން ޚާއްސަ ރޯޑްޝޯތަކެއް ފަށައިފިއެވެ.

މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް "ސަން"އަށް ވިދާޅުވި ގޮތުގައި، މަޓާޓޯ އިސްވެ އޮވެ، 12 ކުންފުންޏަކާ އެކު ހިމެނޭ ދިވެހި ވަދުފު، މެދުއިރުމަތީގެ ހަތަރު ގައުމެއްގައި ރޯޑްޝޯ ބާއްވާނެއެވެ.

މަޓާޓޯއިން މެދުއިރުމަތީގައި ބާއްވަމުންދާ ރޯޑްޝޯތަކުގެ ތެރެއިން -- ފޮޓޯ/ މަޓާޓޯ

ދުބާއީއިން ރޯޑްޝޯ ފަށާ އިރު، ކުވައިތުގެ އިތުރުން ގަތަރުގެ ދޯހާއާއި އޮމާނުގައިވެސް ރާއްޖެ ޕްރޮމޯޓުކުރުމަށް ރޯޑްޝޯ ކުރިޔަށް ދާނެއެވެ.

ރޯޑްޝޯގެ ތެރެއިން ވޯކްޝޮޕްތަކާއި، ރާއްޖޭގެ ކުންފުނިތަކާއެކު ބިޒްނަސް-ޓު-ބިޒްނަސް ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތުވެސް ލިބިގެން ދާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯއިން މެދުއިރުމަތީގައި ބާއްވަމުންދާ ރޯޑްޝޯތަކުގެ ތެރެއިން -- ފޮޓޯ/ މަޓާޓޯ

މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. މިދިޔަ އަހަރު މެދުއިރުމަތިން އައި ފަތުރުވެރިންގެ އަދަދު 50،000 އަށް ވުރެ އިތުރު ކަމަށް ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް