ޑީޖޭއޭގެ ތަރުޖަމާނު ފައިސަލް ދޫކޮށްލައިފި

ޖުޑިޝަރީގެ ސްޕޯކްސް ޕާސަން ފައިސަލް އާދަމް -- ސަން ފޮޓޯ

ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާއު ފައިސަލް އާދަމް އިއްޔެ ހައްޔަރު ކުރުމަށް ފަހު ރޭ ފަތިހު ދޫކޮށްލައިފި އެވެ.

އެނގިފައިވާ ގޮތުން ފައިސަލް ދޫކޮށްލާފައި ވަނީ ސުވާލުކޮށް ބަޔާން ނެގުމަށް ފަހު އެވެ. ނަމަވެސް ފައިސަލް ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނުވެ އެވެ.

އިއްޔެ ފައިސަލް ހައްޔަރު ކޮށްފައި ވަނީ އޭނާ ދިރިއުޅޭ ގެވެސް ބަލައި ފާސްކުރުމަށް ފަހު އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

އަދި ހަމަ އެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް